އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ކުރިއަށް ގެންދާ 'މަވައްދަތު' ސިލްސިލާގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ފޯރަމް މާދަމާ (ހުކުރުދުވަހުގެ) ރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ކައިވެނީގެ ގުޅުމާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މިފަހަރުގެ ފޯރަމްގައި އަލިއަޅުވާލާނީ 'ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް' މި މައުޟޫޢުގެ މައްޗަށެވެ. މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އައްޝައިޚް ނިމާލު މުޙައްމަދާއި، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އުސްތާޛާ ޙައްވާ ލަޠީފްއެވެ.
މި ސިލްސިލާގެ ދަށުން މިހާތަނަށް ތިން ފޯރަމެއް ވަނީ ބޭއްވިފައެވެ. އެގޮތުން ފުރަތަމަ ފޯރަމްގައި އަލިއަޅުވާލާފައި "ކައިވެނީގެ ކުރިން" މި މަޢުޟޫއަށެވެ. ދެވަނަ ފޯރަމްގައި "ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއަށް އަލިއަޅުވާލާފައިވާއިރު ތިންވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ "ކައިވެނި ކުރެވުމާއެކު" މި މަޢުޟޫއަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...