ރާއްޖޭގެ ޚަބަރު މި އަހަރު ހައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުން ބައިވެރިވެވޭ ގޮތަށް ހަމަޖައްސައިފި

މި އަހަރު ހައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުން ބައިވެރިވެވޭ ގޮތަށް ހަމަޖައްސައިފި

މި އަހަރު ހައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުން ބައިވެރިވެވޭ ގޮތަށް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި އަހަރު ހައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުން ބައިވެރިވެވޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.

ސައުދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ 65 އަހަރުން ދަށުގެ މީހުންނަށް ކަމަށެވެ. އެއް މިލިއަން އެއީ ސައުދީންނާއި އެހެން ގައުމުތައް އެއްކޮށްގެން ހައްޖަށް ދެވޭނެ އަދަދެވެ.

ކޯވިޑް-19 އާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައުދީ ސަރުކާރުން ހުއްދަ ދިނީ މަދު އަދަދަކަށެވެ. މިދިޔަ އަހަރު ހުއްދަ ދިނީ އެންމެ 60،000 މީހުންނަށެވެ.

މިއަހަރު ގައުމުތަކަށް ހައްޖުގެ ކޯޓާ ކަނޑައަޅާނީ ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހުއެވެ. އެއީ ގައުމުތަކުގެ ކޯވިޑުގެ ހާލަތަށް ބެލުމަށްފަހު ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ކުރެއެވެ.

ހައްޖަށް ދެވޭނީ ސައުދީ ސަރުކާރުން ގަބޫލުކުރާ ކޯވިޑުގެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ސައުދީން ބޭރު ގައުމުތަކުން ދާ ހައްޖުވެރިން ސައުދީ އަށް ދިއުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރް ނެގަޓިވް ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.