ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސައިޚް އަނީލު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސައިޚް އަނީލު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސައިޚް އަނީލު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒްގެ މަޤާމަށް ސ.ހިތަދޫ، ޖަންބުމާގެ، އަލްއުސްތާޛު މުޙައްމަދު އަނީލު އައްޔަނު ކުރަށްވައިފިއެވެ.

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ސެއިޚް އަނީލް މި މަގާމަށް އައްޔަނު ކުރަށްވާފައިވާ އިއްޔެ އެވެ.

ސެއިޚް އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވާފައެވެ. އަދި މިހާރު އެބޭފުޅާއަކީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަަޢުލީމު ހާސިލްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ 2017 ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަޤާމު އަދާކުރައްވާފައެ

ސެއިޚް އަނީލް އެ މަގާމަށް އައްޔަނު ކުރެއްވުމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެއެވެ. ސެއިޚް އަނީލް ގެ އިތުރުން ދެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރީގެ މަގާމުގައި ހުންނަވަނީ އައްޝައިޚް އިލްޔާސް ޖަމާލްވެ.

އެ ދެ ބޭފުޅުންނަކީ ވެސް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދެ ބޭފުޅުންނެވެ.

އެ މިނިސްޓްރީގައި ނައިބު ވަޒީރުން ފެންވަރުގައި 4 ބޭފުޅަކު ތިއްބަވައެވެ. އެއީ އެ މިނިސްޓްރީގެ ދެ ނައިބު ވަޒީރުންގޮތުގައި ތިއްބެވި ޝާފިޢު ޢަލީ އާއި، ޙުސައިން ޝަރީފްގެ އިތުރުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމްއައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން އަދި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމު  ނަޞްރުﷲ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.