މި ޒަމާނަކީ ވަރަށް ގިނަ ގުނަ ފިތުނަތަކާއި ކުރިމަތިލާން ޖެހޭ ޒަމާނެއް ކަަމަށް އައްޝައިޚް އަބްދުއްސަލާމް ދާވޫދް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބު ފައުންޑޭޝަނުން ކުރިއަށް ގެންދެވި ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މިފަދަ ވަގުތެއްގައި އަޅުގަނޑުމެންނަށް އޮތީ އަޅުކަމައިގެން މުރާލިވުން ކަމަށެވެ. އަދި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި ވަނީ ގިނަ ގިނައިން މީހުން މަރުވެ( ބައެއް ރިވާޔަތްތަކުގެ ފިތުނަތަކުގެ ވަގުތަކަމަށް އައިސްފައިވޭ)މީހުން ގިނައިން މަރުވަމުންދާ ނުވަތަ ފިތުނަތުގެ ވަގުތުގައި އަޅުކަމުގެ މަތީގައި ޤާއިމުވެ ހުރުމަކީ ތިމަންކަލޭގެފާނު އަރިހަށް ހިޖުރަކުރުން ފަދައެވެ.
މީގެ އިތުރުން މި ވަގުތަކީ އަޅުގަނޑުމެން ވަރަށް ގިނަ މީސްތަކުންގެ މަރާއި އަދި ހާސްކަމުގެ ވަގުތުތައް ހޭދަކުރަންޖެހޭ ފަދަ ޒަމާނެއްކަމަށެވެ. އެހެންކަމުން މިފަދަ ވަގުތުތަކުގައި ﷲ ތަޢާލާއަށް އިތުރަށް ކުއްތަން ވާން އެބަޖެހޭ ކަމަށެވެ. އިސްލާމީ އުއްމަތް ފެތުރި އުއްމަތައް ނަޞްރު ލިބި އުއްމަތައް ބާރު ލިބިގެން ދިޔައީ ހަަމައެކަނި އެބައިމީހުން ހަނގުރާމަތަކަށް ނިކުމެ ނުވަތަ އެބައިމީހުން ކަނޑިތަކާއި އަސްވާރުންގެ ގޮތުގައި އެބައިމީހުން ސަވާރީތަކުގެ ގޮތުގައި ސަވާރުވެ ކުރެވުނު ހަނގުރާމަތަކަކުން ނޫންކަމުގައެވެ.
އަޅުގަނޑުމެންނަށް ތާރީޚުން އަޅުގަނޑުމެންގެ ސަލަފުވެރި ބޭކަލުން، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަހާބީން އަދި އޭގެ ފަހުންވެސް މި އުއްމަތައް ނަޞްރުވެރިވެވަޑައިގެން ބޭކަލުން އެބޭކަލުންގެ އަތްޕުޅު މައްޗަށް ﷲ ތަޢާލާ ނަޞްރު ދެއްވާފައި ވަނީ ދުނިޔޭގެ ބާރުގެ ތެރެއިން މާބޮޑު ބާރުތަކެއް ލިބިގެން ނޫންކަމަށެވެ.
ޚިޔާލު