އަރަބިދުނިޔެ ޢަލީ ޢަބްދުﷲ ޞާލިޙްގެ ފަހު ސުކުންތުކޮޅު..!!

ޢަލީ ޢަބްދުﷲ ޞާލިޙްގެ ފަހު ސުކުންތުކޮޅު..!!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ޔަމަނުގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙްގެ ވެރިކަމާއި ދެކޮޅަށް ޤައުމުގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާއާއި ގުޅުނު ބައެއް ޖެނެރަލުންނާއިއެކު ބައްދަލުވުންތައްބާއްވައިފިއެވެ. މިޚަބަރުވަނީ ޞާލިޙްގެ މީޑިއާ ސެކެޓްރީ އަޙްމަދު އައްސޫފީ ޔަޤީންކޮށްދީފައެވެ. އޭނާ ރޮއިޓާސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ފާއިތުވީ 48 ގަޑިއިރު ބޭއްވި މި ބައްދަލުވުންތައް ކުރިއަށް ގޮސްފައިވަނީ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙްއާއި ޖެނެރަލުންގެ އިސް މީހެއްކަމުގައިވާ ޢަލީ މުޙުސިންއާއި އޭނާގެ ބައިވެރިންނާއި ދެމެދުއެވެ.

ޔަމަނުންލިބޭ ޚަބަރުތައް ބުނާގޮތުން ޔަމަންގެ ސިފައިންގެ އިސް އޮފިސަރުންގެ 60 އަށްވުރެ ފަރާތްތަކާއި ސިފައިންގެ އެތައް ޔުނިޓެއް މިހާރުވަނީ ރައީސް ޞާލިޙާ އިދިކޮޅުކަން ހާމަކޮށް އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންނަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. އަދި ރައީސް ސާލިޙްގެ ޕާޓީގެ އިސްބައެއް މެންބަރުންނާއި ކެބިނެޓްގެ 4 ވަޒީކުވެސް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

ޔަމަނުގައި ކުރިއަށްދާ މުޒާހަރަތަކުގައި މިހާތަނަށް 52 މީހުން މަރުވެ 120 މީހުން ޒަޚަމްވެފައިވެއެވެ.

މިއަންނަ ހުކުރު ދުވަހަކީ އޭނާއާއި ދެކޮޅަށް މުޅި ޤައުމު ނުކުންނާނެ ދުވަސްކަމަށް އިދިކޮޅު ފަރާތްތަކުންބުނެއެވެ. އެގޮތުން މިހާރު ގުނެމުންމިދަނީ ވެރިކަމުގެ އެންމެ ފަހު ސުކުންތު ކޮޅުކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

ފޮޓޯ: ފޮޓޯއިން ފެނިވަޑައިގަންނަވަނީ ޔަމަނުގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙްގެ ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާއެއްގައި މީހެއްގެ އަތުގައި "ކަލޭ ވެރިކަމަށް ދެންއޮތީ 24 ގަޑިއިރު" މިހެން ލިޔެފައިވާ މަންޒަރެވެ.

ޓެގް

މުޒާހަރާ ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.