ރާއްޖޭގެ ޚަބަރު

ޖަމްޢިއްޔަތުއް ސަލަފާއި ޢުޔޫނު އިންސްޓިޓިޔުޓު ގުޅިގެން މުޅިން އާ ކިލާސްތަކެއް ކުރިއަށް ގެންދަވަނީ

Jamiyyath Salaf aai Uyoon Institute Gulhigen Mulhin Aa class Thakeh Fashany

ޖަމްޢިއްޔަތުއް ސަލަފާއި ޢުޔޫނު އިންސްޓިޓިޔުޓުން "ބިނާ"ގެ ނަމުގައި މިޅުން އާ ކިލާސްތަކެއް ކުރިއަށް ގެންދެވުމަށް ހަމަ ޖައްސަވައިފިއެވެ.

ޢުޔޫން އިންސްޓިޓުޔުޓުގެ ރަސްމީ ފޭސްބުކް ޞަފްޙާގައި ލިޔުއްވާފައިވާ ގޮތުގައި މިކިލާސްތަކަކީ 3 މަސް ދުވަހުގެ ކޯހެއްގެ ތެރެއިން ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ ކޯހެކެވެ. އަދި މިކޯސް ނިމުމުން، ޓެސްޓު ނެންގެވުމަށާއި، އަދި ބައިވެރިންނަށް ސެޓްފިކެޓު ދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މީގެ އިތުރުން ޢުޔޫން އިންސްޓިޓިޔުޓުން ވިދާޅުވެފައިވާ ގޮތުގައި މިކޯސް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވަނީ ޒޫމް އެޕްލިކޭޝަން މެދުވެރިކޮށެވެ. ކޯހުގައި ކިޔަވާ ދެއްވުމަށް ހަމަޖެހިފައިވަނީ ތަފްސީރާއި، ޢަޤީދާ އާއި، ފިޤުހު (ތަރިކަ މުދާ ބެހުން)، އަދި ޢަރަބި ބަހާއި، އިސްލާމީ ތަރުބިއްޔަތު މިމާއްދާތަކެވެ. ކިލާސްތައް އޮންނަނީ އާދީއްތައިން ބުދަ ދުވަހަށް ކޮންމެ ރެޔަކު 22:00 – 22:45 އަށެވެ. އަދި ހޮނިހިރު ދުވަހު 20:30 – 21:15 އަށެވެ.

މިކޯހުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚު ޙަސަން މޫސާ ފިކުރީއާއި، އައްޝައިޚު އަޙްމަދު ސަމީރާއި، އައްޝައިޚު ނިމާލު މުޙައްމަދާއި، އައްޝައިޚު ޝިހާމު މުޙައްމަދާއި، އައްޝައިޚު މުޙައްމަދު ސިނާނެވެ. ޢުޔޫނުން މަޢުލޫމާތު ދެއްވާ ގޮތުގައި މިކޯހަށް ހަމަޖެހިފައިވާ ޖާގަތަކަށް ދަރިވަރުން މިހާރުވަނީ ނަންނޯޓުކޮށްފައެވެ. އަދި ޖާގަ ދެއްވިއިރު ބައްލަވާފައިވަނީ ފުރަތަމަ ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކަށް ކަމަށާއި، ކޯހުގައި ބައިވެރި ކުރުވުމަށް ހަމަޖެހިފައިވަނީ 16 އަހަރުން މަތީގެ ބޭފުޅުންނަށް ކަމަށްވެސް ޢުޔޫނު އިންސްޓިޓިޔުޓުން ފާހަގަ ކުރައްވާފައިވެއެވެ.

ޢުޔޫނު އިންސްޓިޓިޔުޓަކީ ޢަރަބި ކިލާސްތަކާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކިލާސްތަކާއި، އަދި ޤާރީ ލެވެލް ކޯސްތައް ހިންގަވާ މަޢުހަދެކެވެ. އަދި އެބޭފުޅުން މިދުވަސްކޮޅާއި ދިމާކޮށް މުޅިން ހިލޭ ޢަރަބި ބަސް ކިޔަވާދޭ ކިލާހެއް ކުރިއަށް ގެންދަވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *