ރާއްޖޭގެ ޚަބަރު ބަންދުކުރެވުނު މިސްކިތްތައް ޑިސްއިންފެންޓު ކުރުމަށްފަހު ހުޅުވިއްޖެ

ބަންދުކުރެވުނު މިސްކިތްތައް ޑިސްއިންފެންޓު ކުރުމަށްފަހު ހުޅުވިއްޖެ

Bandhu Kurevunu Miskiyy thah Disinfect Kurumahfahu Hulhuvijje

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯވިޑް 19 އަށް ޕޮޒިޓިވް ވި ބަޔަކު ދިޔުމުގެ ސަބަބުން ބަންދު ކުރެވިފައިވާ މިސްކިތްތައް އަލުން ހުޅުއްވައިފިއެވެ.

ކޯވިޑް 19 އާއި ވިދިގެން ބަންދު ކުރެވިފައިވާ 3 މިސްކިތް ކަމަށްވާ މަސްޖިދުއް ސުލްތާން ޙަސަން ޢިއްޒުއްދީނާއި، މަސްޖިދުއް ސުލްތާން މުޙައްދު ޢިމާދުއްދީނާއި، އަދި މަސްޖިދު ޢަފީފުއްދީން ހުޅުވިއްޖެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިޖުލައި މަހު އެބޭފުޅުން ނެރުއްވާފައިވާ އިއުލާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މިސްކިތްތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލެވެ. އަދި ޖުލައި 21 ވަނަ ދުވަހުގެ ފަތިސް ނަމާދާއި އެކީ މިތިން މިސްކިތްވެސް ވަނީ ނަމާދު ކުރުމަށް ހުޅުވިފައިކަމަށް އެބޭފުޅުން ޚަބަރު ދެއްވައެވެ.

ކޯވިޑް 19 އިތުރަށް ފެތުރެން ފެށުމާއި ވިދިގެން އަނެއްކާވެސް ސަރުކާރުން ވަނީ ފިޔަވަޅުތައް ހަރުކަށި ކުރައްވާފައެވެ. މިގޮތުން މިއަދު ބޭއްވެވި ނޫސް ކޮންފަރެންސުގައި ރޭގަނޑު 10:00 އަކާއި ފަތިހު 5:00 އާއި ދެމެދު ބޭރުގައި އުޅުމަކީ މަނާކަމެއް ކަމަށްވެސް ވަނީ ނިންމަވާފައެވެ. އެހެނަސް ފަތިސް ނަމާދުގެ ޖަމާޢަތަށް ވަޑައިގަންނަވާ ބޭފުޅުން މިކަމުން އިސްތިސްނާވާނެ ކަމަށްވެސް އެބޭފުޅުން އިޢުލާނު ކުރައްވާފައިވެއެވެ.

ޓެގް

މަސްޖިދުއް ސުލްތާން ޙަސަން ޢިއްޒުއްދީން މަސްޖިދު ޢަފީފުއްދީން މަސްޖިދުއް ސުލްތާން މުޙައްދު ޢިމާދުއްދީން ކޯވިޑް 19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.