އިސްލާމްދީން މަތީގައި ޘާބިތުވެ ހުރުމަށް ކުރެވޭނެ އެއްމެ މުހިއްމު ކަމަކީ، މިދީން މަތީ ފައިތިލަ ޘާބިތުކޮށްދެއްވާތޯ އެކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުން ކަމަށް އައްޝައިޚު އަޙްމަދު ނާޒިލް ވިދާޅުވެއްޖެއެވެ.
އައްޝައިޚު އަޙްމަދު ނާޒިހް މިހެން ވިދާޅުވެފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމުރާއިން ރޭގައި ބާއްވަވާފައިވާ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝައިޚު ނާޒިހު ވިދާޅުވެފައިވާ ގޮތުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނު ތުއްޕުޅު އިރުއްސުރެ ފާފައަކަށް އަރައިވަޑައިނުގަންނަވާ ޙާލު، އަދި އެކަލޭގެފާނުގެ އެންމެހާ ފާފަތައް ފުއްސަވާދެއްވާ ޙާލު، ޢާއްމުކޮށް ކުރައްވާ ދުޢާއެއްކަމަށް ވާރިދުވެފައިވާ އެއް ދުޢާ އަކީ اللهم يا مقلب القلوب ثبت قلبي على دينك (އޭ ހިތްތައް އެފުށް މިފުށަށް ޖައްސަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީން މަތީގައި ޘާބިތު ކުރައްވާފާންދޭއެވެ!) މިދުޢާއެވެ.
މީގެ އިތުރުންވެސް ޝައިޚުގެ ވާހަކަފުޅުގައި އިންސާނާ ދީނުގެ މަތީގައި ޘާބިތުވެ ހުރުމަށް ކުރެވިދާނެ އިތުރު ކަންކަން ފާހަގަ ކުރައްވާފައިވެއެވެ. މިގޮތުން ދީން މަތީ ޘާބިތުވުމަށް ކުރެވިދާނެ ކަންތައްތައް ކަމަށްވާ އިސްތިޣުފާރުކުރުން ގިނަ ކުރުމާއި، ޖަމާޢަތުގެ ނަމާދަށް އަހައްމިއްޔަތުކަން ދިނުމާއި، ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރުމުގެ މުހިއްމު ކަމަށް ޝައިޚު އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ހަމަ އެއާއި އެކު ފާފަތަކަށް ދަޢުވާތު ދެވޭ ހުރިހާ ކަންކަމުން ދުރުހެލިވުމާއި، ޤުރްއާން ކިޔަވާ އަޑުއެހުމާއި، ދަތުސް އަޑުއެހުމާއި، ދީނީ މަޢުލޫމާތު އެކުލެވޭ ފޮތްތަކާއި ލިޔުންތައް ކިޔުމުގެ މުހިއްމުކަމާއި މެދު ވާހަކަފުޅު ދައްކަވާފައިވެއެވެ.
އަދި ހަމަ އެފަދައިން ދީން މަތީގައި ޘާބިތުވެ ހުރުމާއި، މިދުނިޔެއާއި ވަކިވުމާއި، މަރާއި، ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެނައުމާއި ހުރި ގުޅުމަށްވެސް ޝައިޚުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މިދަރުސް އަޑުއެއްސެވުމަށް މިލިންކަށް ވަންނަވާ!
ކޮމެންޓް (0)
ލޯޑް ކުރަމުން...