ކޯވިޑް 19 އަށް ފައްސިވި ބަޔަކު ދިޔަ 3 މިސްކިތެއް ބަންދުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީއަށް ހަވާލާ ދެއްވާ މިހާރުން ވިދާޅުވެފައިވާ ގޮތުގައި މިކަމާއި ހުރެ ބަންދު ކުރެވިފައިވަނީ މަސްޖިދުއްސުލްތާން ޙަސަން އިއްޒުއްދީނާއި، މަސްޖިދު މުޙައްމަދު އިމާދުއްދީނާއި، އަދި މަސްޖިދު ޢަފީފުއްދީނެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ޚަބަރު ދެއްވާފައިވާ ގޮތުގައި އެ 3 މިސްކިތް މިހާރުވަނީ ޑިސްއިންފެކްޓު ކުރެވިފައެވެ. އަދި ޖެހިގެން އައި އަންގާރަ ދުވަހު ވަނީ މި ތިން މިސްކިތްތައްވެސް ހުޅުވިފައެވެ.
ކޯވިޑް 19 އާއި ވިދިގެން ކުރެވިފައިވާ ލޮކްޑައުނަށް ލުއި ތަކެއް ދެވުމާއި ގުޅިގެން މިހާރު އެބައްޔަށް ފައްސިވާ މީހުންގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. މިގޮތުން އިއްޔެގެ އިރު އޮއްސި 6:00 ޖެހުމާއި ހަމައަށް، މިބައްޔަށް ރާއްޖެއިން ވަނީ 3103 މީހުން ފައްސި ވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...