ރާއްޖޭގެ ޚަބަރު ހޮނިހިރު ދުވަހު އައްޝައިޚު ޢަލީ ޒާހިރުގެ މުޅިން އާ ދަރުހެއް؛ ފުރުޞަތަކަށް ފަހު ފުރުޞަތެއް

ހޮނިހިރު ދުވަހު އައްޝައިޚު ޢަލީ ޒާހިރުގެ މުޅިން އާ ދަރުހެއް؛ ފުރުޞަތަކަށް ފަހު ފުރުޞަތެއް

Honihiru Dhuvahu Sheikh Ali Zahirge Mulhin Aa Dharuheh; Furusathakah Fahu Furusatheh

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ފުރުޞަތަކަށް ފަހު ފުރުޞަތެއް" މިނަމުގައި، ޝައިޚު ޢަލީ ޒާހިރުގެ މުޅިން އާ ދަރުހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ކުރިއަށް އޮތް ޛުލް ޙިއްޖާ މަހުގެ 10 ދުވަހަށް ބިނާކޮށް ދެއްވުމަށް ހަމަޖެހިފައިވާ މިދަރުހަކީ ޖަމްޢިއްޔަތުއް ސަލަފުން އިސްނަންގަވައިގެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވަމުންދާ 10 ޖަމްޢިއްޔާ އަކާއި ގުޅިވަޑައިގެން ކުރިއަށް ގެންދަވާ ދަރުހެކެވެ. މިގޮތުން މިދަރުސް އިންތިޒާމު ކުރެއްވުމުގައި އުއްމީދު، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ، އަދި އިލްމް.އެމްވީ، ގެ އިތުރުން ބިނާ، ޖަމްޢިއްޔަތުއް މަދަދު، ބޭސް ފައުންޑޭޝަން، ޖަމްޢިއްޔަތުއް ރިސާލާ، ޖަމްޢިއްޔަތުލް ޤަލަމް، އަދި އެސޯސިއޭޝަން ފޯ ސޯޝަލް އެވަރނަސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިދަރުސް މާދަމާ ރޭ 9:00 ޖަހާއިރު (އިން ޝާއަ ﷲ) އިސްވެދެންނެވުނު ޖަމްޢިއްޔާތަކުގެ ފޭސްބުކް ޞަފްޙަގައި ލައިވް ލައިވްކޮށް ބްރޯޑްކާސްޓު ކުރެއްވޭނެއެވެ.

ދަރުހުގެ ވަޤުތު ޖެހުމުން މިލިންކު މެދުވެރިކުރައްވާ ދަރުސް އަޑުއެއްސެވޭނެއެވެ. (އިން ޝާއަ ﷲ).

ޓެގް

ޝައިޚު ޢަލީ ޒާހިރު ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.