ރާއްޖޭގެ ޚަބަރު

ޒަކާތު ފަންޑުގެ އެހީ މިފަހަރު ޤުރުއާން ކިލާސްތަކާއި އަމިއްލަ އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް

ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ސަރުކާރުގެ ފަރާތުން ފައިސާގެ އެހީ ދިނުމަށް ނިންމައިފިއެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރާގަތުމަށް ޓަކައި އެހީތެރިވުމުގެގޮތުން ދެވޭ އެހީއެއްކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ  އެހީ ދިނުމަށް ހަމަ ޖެހިފައިވަނީ ޒަކާތު ފަންޑުންކަމަށާއި އެއީ ޖުމްލަ 1.5 މިލިޔަން ރުފިޔާގެ ފައިސާ އެހީއެއްކަމަށެވެ. އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ގެޒެޓްގައި އާންމު ކޮށްފައިވާ އެންގުމުގައިވަނީ ކޯވިޑް-19 އާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު "ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް" ގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އަދި ފައިސާގެ އެހީއަށްއެދި ހުށަހަޅާ ފޯމް "ކޮވިޑް 19 އާއި ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް"  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އަދި ހުށަހަޅާފޯމް ( ފޯރމާއި އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި އެކު ) ފުރިހަމަ ކުރުމަށް ފަހު (ހުށަހަޅަންޖެހޭ ލިސްޓްތައް ސޮޕްޓް އަދި ޕީ.ޑީ.އެފް ފޯމެޓްގައި) 2020 ޖުލައި 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލްstatistics@moe.gov.mv ފޮނުވުން އެދޭކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ގެޒެޓްގައި އާންމު ކޮށްފައިވާ އެންގުމުގައި ވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *