ރާއްޖޭގެ ޚަބަރު ރާއްޖޭގެ ފަތުރުވެރިކަން ގެންދާނީ އިސްލާމީ އުޞޫލުތަކުގެ މަތީގައި: ޓުއަރިޒަމް މިނިސްޓަރ

ރާއްޖޭގެ ފަތުރުވެރިކަން ގެންދާނީ އިސްލާމީ އުޞޫލުތަކުގެ މަތީގައި: ޓުއަރިޒަމް މިނިސްޓަރ

Raajjeyeg Fathuruverikan Gendhaany Islaamy Usool Thakuge Mathyga: Tourism Minister

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދާނީ އިސްލާމީ އުޞޫލުތަކުގެ މަތީގައިކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ޥަޙީދު މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެންއީއޯސީއިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ޢަލީ ޥަޙީދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ފުޅާވެ، ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންގެ ކިބައިން އިސްލާމްދީނާއި، ދިވެހި ޘަޤާފަތާއި ޚިލާފު ކަންކަން ފެންނަމުން ދިޔަސް، މިސަރުކާރުން އެފަދަ ކަންކަމަށް ފުރުޞަރު ނުދެއްވާނެ ކަމަށެވެ. އަދި މިކަންކަމާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައިވާނޭ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެކަން ކުރައްވާނީ އެގޮތަށް ކަމަށް ވިދާޅުވެފައިވެއެވެ.

"ދޭން ބޭނުންވާ ޔަޤީންކަމަކީ އަޅުގަނޑުމެންގެ މިސަރުކާރުން ރާއްޖޭގެ ފަތުރުވެރި ކަންވެސް ކުރިއަށް ގެންދާނީ އަދި ރާއްޖޭގެ މީހުން ދިރިއުޅޭ  ރަށްރަށުގައިވެސް ފަތުރުވެރިކަން ކުރިއަށް ގެންދާނީ އިސްލާމީ އުޞޫލުތަކުގެ މަތީގައޭ. އެޔަޤީންކަން އަޅުގަނޑުމެން ދެން." މިނިސްޓަރ ޢަލީ ޥަޙީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވާ ގޮތުގައި މިއަންނަ އޯގަސްޓު މަހު ލޯކަލް ރަށްރަށުގައި ފަތުރުވެރިކަން ފެށުމަށް ތައްޔާރު ވަމުން ދާއިރު، މީގެ ކުރިން ގެސްޓު ހައުސްތަކުގައި  ދިމާވެފައިވާ މައްސަލަތައް ދިމާ ނުވާނެ ފަދަ ގޮތަކަށް ކަންކަން ރާއްވަވާނޭ ކަމަށެވެ.

ޓެގް

ޢަލީ ޥަޙީދު ޓުއަރިޒަމް މިނިސްޓަރ ފަތުރުވެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.