ރާއްޖޭގެ ޚަބަރު ނަމާދުގެ އަޅުކަމަށާއި ނަމާދު ކުރަން ހުރި މުވައްޡަފަށް ހަޖޫޖެހި މީހާގެ މައްސަލަ ބަލަން ފަށައިފި

ނަމާދުގެ އަޅުކަމަށާއި ނަމާދު ކުރަން ހުރި މުވައްޡަފަށް ހަޖޫޖެހި މީހާގެ މައްސަލަ ބަލަން ފަށައިފި

Namadhuge Alhukamashai, Namadhu Kuran Huri Muvazzafah Hajoo Jehi Myhage Massala Balan Fashaifi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދޭތެރެއިން ސޯޝަލް މީޑިޔާގައި ދައުރުވި ވީޑިޔޯގައިވާ، ނަމާދުގެ އަޅުކަމަށާއި، ނަމާދު ކުރަން ހުރި މުވައްޡަފަށާއި ހަޖޫޖެހި މީހާގެ މައްސަލަ ބަލަން ފަށައިފިއެވެ.

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ވިދާޅުވެފައިވާ ގޮތުގައި އެކުންފުނީގެ މުވައްޡަފަކު ނަމާދަށް ހުއްޓާ، ދީނާއި ޚިލާފު ވާހަކަދެއްކާ ފުރައްސާރަ ކުރި މީހާގެ މައްސަލަ، އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެމައްސަލަ ވަރަށް ސީރިޔަސްކޮށް ބައްލަވަމުން ގެންދަވާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހް، ވަގުތަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި އެވީޑިޔޯގެ މައްސަލަ ކުންފުނީގެ ސަމާލުކަމަށްަ އައި ހިސާބުން، އެމައްސަލަވަނީ އެކުންފުނީގެ ހިޔުމަން ރީސޯސް ޑިޕާޓްމަންޓަށް ފޮނުވިފައެވެ.

"މިއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުގެ ސަމާލު ކަމަށް އެކަން އައި ހިސާބުން ފެށިގެން އެ މައްސަލަ ބަލަންވާނީ އަންގާފައި. މިއަދު އެ މައްސަލައާ ގުޅޭ ރިޕޯޓް ލިބޭނެ ކަމަށް މި ބަލަނީ. ލިބުމުން ފިޔަވަޅު އަޅާނަން." ޝާހް ވިދާޅުވެފައިވެއެވެ.

ޝާހް ވިދާޅުވެފައިވާ ގޮތުގައި އެވީޑިޔޯގެ ސަބަބުން ކުންފުނީގެ އެހެނިހެން މުވައްޡަފުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ޓެގް

ދިއިސްލާމް ދީން ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.