ރާއްޖޭގެ ޚަބަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 6.6 މިލިއަން ރުފިޔާ ލިބިއްޖެ!

ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 6.6 މިލިއަން ރުފިޔާ ލިބިއްޖެ!

Fitr Zakathuge Gothuga Male' in 6.6 Million Rufiya Libijje

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފިޠުރު ޒަކާތުގެ ގޮތުގައި މާލޭ ސަރަޙައްދުން 6.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވާގޮތުން މުޅި ރާއްޖެއިން މިއަހަރު 156740 ފަރާތަކުން ދިރާގު، އުރީދޫ، އަދި ބީއެމްއެލާއި، އެމްއައިބީ މެދުވެރިކޮށް ފިޠުރު ޒަކާތް ނެރުއްވާފައިވެއެވެ. އަދި ފިޠުރު ޒަކާތުގެ ގޮތުގައި މުޅިއަކުން 6،649،697 ރުފިޔާ މިނިސްޓްރީއަށް ލިބިވަޑައިގެންފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ވިދާޅުވާ ގޮތުގައި 2020 ވަނަ އަހަރަކީ ފާއިތުވި ތިން އަހަރާއި ބަލާއިރު އެއްމެ ގިނައިން ފިޠުރު ޒަކާތް ބަލައިގަނެވުނު އަހަރެވެ. މިގޮތުން މިދިޔަ އަހަރު މިނިސްޓްރީން 5.6 މިލިއަން ރުފިޔާ ބަލައިގެންފައިވާ އިރު، 2018 ވަނަ އަހަރު މިނިސްޓްރީން ބަލައިގެންފައިވަނީ 4.4 މިލިއަން ރުފިޔާއެވެ. އަދި 2017 ވަނަ އަހަރު ބަލައިގެންފައިވަނީ 4.48 މިލިއަން ރުފިޔާއެވެ.

މިއަހަރު ފަޤީރުންގެ ގޮތުގައި މުޅި ރާއްޖެއިން 8764 ފަރާތަކުން ރަޖިސްޓްރީ ވެފައިވެއެވެ. މީގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވަނީ 1715 ފަރާތެކެވެ. މިނިސްޓްރީން ވިދާޅުވާ ގޮތުގައި މި 1715 ފަރާތުގެ ތެރެއިން 1697 ފަރާތަކަށް ފައިސާ ހަވާލު ކުރެވިފައިވަނީ އެކައުންޓަށް ޖަމާ ކުރެވިގެންނެވެ. އަދި ބާކީ ފަރާތްތަކަށް ޖަމާކުރެވިފައިވަނީ މިނިސްޓްރީއަށް ޙާޟިރު ކުރެވިގެންނެވެ. މިގޮތުން މިއިން ކޮންމެ ފަރާތަކަށް 3800 ރުފިޔާ ލިބިފައިވެއެވެ.

ފަޤީރުންގެ ލިސްޓުގައިވާ ފަރާތްތަކުގެ އިތުރުން ފިޔަވައްސާއި، ކުޑަކުދިންގެ ހިޔާ އަދި ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވެލައްވާ ފަރާތްތަކުގެ މަރުކަޒަށް މިނިސްޓްރީން 201097 ރުފިޔާ ހަދިޔާ ކުރެވިފައިވެއެވެ.

ޓެގް

ދިއިސްލާމް ފިޠުރު ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.