ފުރަބަންދުގައި ނެތް ރަށްރަށުގައި މާދަމާ ޖަމާޢަތް ފަށަން ނިންމައިފިއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވާ ގޮތުގައި ބައެއް ރަށްރަށުގައި ރައްކާތެރި ކަމާއިއެކު މިސްކިތްތައް ހުޅުވާލުމަށް މިހާރު ވަނީ ނިންމިފައެވެ. މިނިންމެވުމުިގެ ދަށުން ލޮކްޑައުނުގައި ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދު ޖަމާޢަތުގައި ކުރުމަށްވަނީ ނިންމާފައެވެ.
މީގެ އިތުރުން ޑރ ޒާހިރު ވިދާޅުވާ ގޮތުގައި މިސްކިތްތައް ހުޅުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއިމެދު ޑޮކްޓަރުންވަނީ ލަފާދެއްވާފައެވެ. މިގޮތުން ދުވަސްވީ ފަރާތްތަކާއި، ކެއްސާ ކިނބިހި އަޅާ ފަރާތްތަކުން މިސްކިތަށް ވަޑައިނުގަތުމަށާއި، މިސްކިތަށް ވަޑައިގަންނަވާ ފަރާތްތަކުން ގެއިން ވުޟޫކުރައްވައިގެން މިސްކިތަށް ވަޑައިގަތުމަށް ޑޮކްޓަރުން އަންގަވައެވެ. އަދި މީގެ އިތުރުން މިސްކިތަށް ވަޑައިގަންނަވާ ފަރާތްތަކުން މިސްކިތުގައި ގިނައިރު ނުކުރެއްވުމަށާއި، ވަޑައިގަންނަވާ ބޭފުޅުން މާސްކު ތުރުކުރައްވުމަކީވެސް ވަރަށް މުހިއްމު ކަމެއްކަމަށް ޑޮކްޓަރުން ވިދާޅުވާކަމަށް އިސްލާމިކް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...