ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޤުރްއާން މުބާރާތް ފެށިއްޖެއެވެ.
ޏ އަތޮޅުގެ ތަޢުލީމީ މަރުކަޒުން (ޏ އޭއީސީއިން) ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޤުރްއާން މުބާރާތް އިއްޔެ ފަށާފައިވަނީ އޮންލައިންކޮށް ގޫގުލް މީޓް އެޕްލިކޭޝަން ބޭނުންކުރެވިގެންނެވެ. ކުރިން މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް ލަސްކޮށްލެއްވުމަށްފަހު، އިއްޔެ އޮންލައިންކޮށް މިމުބާރާތް ފެށިފައިވަނީ ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ގެ ސަބަބުން ގިނަބަޔަކު އެއްތަނަކަށް އެއްވުން މަނާކުރެވިފައިވާތީއެވެ.
މިމުބާރާތް ފައްޓަވާދެއްވަމުން ސްކޫލުގެ ޕްރިންސިޕަލް އިސްމާޢީލު ސަޢުދު ﷲ ދަރިވަރުންގެ ހުނަރު އެންމެ ފުރިިހަމަގޮތުގައި ދެއްކޭތޯ މަސައްކަތް ކުރުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ޖަޖުން މުބާރާތަށް އިންސާފުކުރުމުގައި، ދަރިވަރުން ކިޔަވާއިރު މިއީ އޮންލައިން ހާލަތެއްކަން ވިސްނައި ވަޑައިގެން، އެބޭފުޅުންގެ ޢިލްމާއި ޙިލްމު ބޭނުންކުރައްވަައިގެން ކަންކަން ނިންމުމަށް އެދިވަޑައިގަތެވެ.
މިމުބާރާތުގައި 33 ކުދިން ކިޔެވުމަށް ހަަމަޖެހިފައިވެއެވެ. އަދި މިދަރިވަރުންގެ ކިޔެވުން ފޭސްބުކް ލައިވް ބޭނުންކޮށްގެން މަދަރުސާގެ ފޭސްބުކް ޕޭޖުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...