ރާއްޖޭގެ ޚަބަރު ދިވެހި ރެޑް ކްރެސެންޓުން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ފަންޑެއް ހުޅުވައިފި

ދިވެހި ރެޑް ކްރެސެންޓުން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ފަންޑެއް ހުޅުވައިފި

ދިވެހި ރެޑް ކްރެސެންޓުން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ފަންޑެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ބިދޭސީ ފަރާތްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން "މޯލްޑިވިއަން ރެޑް ކްރެސެންޓު ކޯވިޑް 19 މައިގަރްންޓްސް ރިލީފް ފަންޑުގެ" ނަމުގައި ފަންޑެއް ހުޅުއްވައިފިއެވެ.

މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް 19 ގެ ޕެންޑެމިކްގެ ސަބަބުން ޙާލުގައި ޖެހިފައިވާ ބިދޭސީންނަށް މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތައް އިތުރަށް ފުޅާ ކުރެއްވުމުގެ ގޮތުން ހުޅުވާލެވުނު ފަންޑެކެވެ. މިގޮތުން މިހާތަނަށް ރެޑް ކްރެސެންޓުންވަނީ ހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައި ތިބި ބިދޭސީ މަސައްކަތްތެރީންނަށް 14421 މީލް ޕެކް ފޯރުކޮށްދެއްވާ، 621 ފަރާތަކަށް ކެއްކުމަށް ބޭނުންވާ ޟަރޫރީ ކާނާ ފޯރުކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން ބަލިން ރައްކާތެރިވެ، ސާފުތާހިރުވުމަށް ބޭނުންވާ "ހައިޖީން ޕެކް" ވެސް ވަނީ ބައްސަވާފައެވެ.

މިފަންޑަށް ފައިސާ ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރެޑް ކްރެސެންޓުގައިވާ "ޑޮނޭޓު ބަޓަން" މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވިދާނެއެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގައިވާ 7701176022001 ދިވެހި ރުފިޔާ އެކައުންޓަށް، ނުވަތަ 7701176022002 އެމެރިކަން ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރެއްވުމުގެ ފުރުޞަތުވެސް ވަނީ ހުޅުއްވާލައްވާފައެވެ. އިސްލާމިކް ބޭންކު މެދުވެރިކޮށް އެހީތެރިވެވަޑައިގަންނަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފައިސާ ޖަމާކުރައްވަނީ 99010155500036100 ދިވެހި ފައިސާ އެކައުންޓަށް ނުވަތަ 99010155500036200 އެމެރިކަން ޑޮލަރ އެކައުންޓަށެވެ. މިފަންޑު ދެމިގެންދާނީ މިހިނގާ މެއި މަހުގެ 1 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރެޑް ކްރެސެންޓުންވަނީ އާއްމުންނަށް ހުޅުވާލެވިގެން އެހީ ހޯދާއިރު ރެޑް ކްރެސަންޓުގެ ނަން ބޭނުން ނުކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެބޭފުޅުން ޖަވާބުދާރީ ވެވަޑައިގަންނަވާނީ ސީދާ އެބޭފުޅުންނަށް ލިބޭ އެހީތަކަށް ކަމަށާއި، އެހެން ފަރާތްތަކުން ރެޑް ކްރެސެންޓުގެ ނަމުގައި ހޯއްދަވާ އެހީތަކަށް އެބޭފުޅުން ޖަވާބުދާރީ ވެވަޑައިނުގަންނަވާނޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޓެގް

ކޯވިޑް19، ރެޑް ކްރެސެންޓު،

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.