ރާއްޖޭގެ ޚަބަރު 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރުދުވަސް

1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރުދުވަސް

1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރުދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހިނގާ 1441ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރުތަމަ ދުވަހަކީ މި އޭޕްރީލް މަހުގެ 24ވާ ހުކުރު ދުވަސް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަޙްމަދު ޒާހިރު އިޢްލާނުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓަރ މިކަން އިޢްލާނު ކުރައްވައި ދެއްވެވި ޙިޠާބުގައި ވިދާޅުވެފައިވަނީ މިރެއަށް އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނިފައިނުވާ ކަމަށާއި އަދި އެއްވެސް އިސްލާމީ ޤައުމަކަށް ހަނދު ފެނިފައި ނުވާތީ މާދަމާ އަކީ 1441 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 30ވަނަ ދުވަސް ކަމަށް ކަނޑައަޅައި 1441ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 24 އޭޕްރީލް ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅުވައިފި ކަމަށެވެ.

ދިއިސްލާމްގެ އެންމެހާ ކިޔުން ތެރިންނަށް ރަމަޟާން މަހުގެ ހެޔޮ އެދުން ތަށް އަރިސްކުރަމެވެ. ރަމަޟާން މަހުގެ ހެޔޮދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.