"ހަދިޔާވަށި"ން މިދިޔަ ރަމަޟާން މަހު ގިނަ ބަޔަކަށް ހިތްހަމަޖެހުން ވަނީ ގެނެސްދީފައެވެ. އެހީތެރިކަން ބޭނުންވެފައިވާ އެތައް ގެއެއްގެ ދޮރެއްގައި މާސީ ޖަމިއްޔާގެ ޓީމުން ޓަކިޖެހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އިހުސާސް ދެނެތިބެއެވެ. މި ރަމަޟާން މަހުވެސް "ހަދިޔާވަށި"ން އުފާވެރިކަން ގެނެސްދޭނެއެވެ. އެހެނަސް މިފަހަރު މުޅި ރާއްޖެއަށް މިހަރަކާތް ބޭއްވުމަށް މާރސީ ޖަމިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.
"ހަދިޔާވަށި" ޕްރޮގްރާމްއަކީ ކޮބާ؟
މިދިޔަ އަހަރުންފެށިގެން ރަމަޟާން މަހާއި ދިމާކޮށް އަމިއްލަ ޖަމިއްޔާއެއްކަމުގައި "މާރސީ" އިން ދަނީ "ހަދިޔާވަށި" ނަމުގައި ޕްރޮގްރާމެއް ހިންގަމުންނެވެ. ބޭނުންޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތި ހަދިޔާ ކުރާ މިޕްރޮގްރާމްއަކީ ހެޔޮ އެދޭ ފަރާތްތަކުން ބައިވެރިވެގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އަދި އިތުރަށް ތަފްސީލްކޮށްދެމުން މިޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މާރސީގެ ފޭސްބުކު ޕޭޖުންކުރިޔަށް ގެންދިޔަ ލައިވްގައި އާޚިރު ވިދާޅުވެފައިވަނީ "މިއަހަރުގެ ޕްރޮގްރާމު ޚާއްސަކޮށްލަނީ މުޅި ރާއްޖެއަށް ކަމަށާއި، މި ޕްރޮގްރާމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަތިކޮށް ދިރިއުޅޭ ހުރިހާ ފަރާތްތަކަކުންވެސް ފޯމެއް ފުރުއްވައިގެން ބައިވެރިވެވޭނެ" ކަމަށެވެ.
"ހަދިޔާވަށި" ދޭނީ ކިހިނެއް؟
ހަދިޔާވަށްޓަށް އެދި ހުށައަޅާ ފޯމު މާރސީގެ ފޭސްބުކް ޕޭޖުން ޑައުންލޯޑު ކުރެވުމުގެ އިތުރުން މާރސީން އިއުލާނުކުރާ ހޮޓްލައިން ނަމްބަރުތަކަށް ގުޅައިގެންވެސް ފޯމު ފުރުމާއި ހުށައެޅުމުގެ އިންތިޒާމުތައް ކުރިއަށްދާނެކަމަށް މާރސީ ޖަމިއްޔާއިން ބުނެއެވެ. ހަދިޔާ ވައްޓަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުގެ ބޭނުމަކީ، އެޖަމްޢިއްޔާއަށް ނޭންގިވެސް މިފަދަ އެހީއަށް ބޭނުންވެފައިވާ ބައެއް ފަރާތްތައް ތިބޭނެ ކަމަށްވާތީ އެފަދަ ފަރާތްތަކަށްވެސް ހަދިޔާ ވަށި ލިބުމުގެ ފުރުޞަތު ދިނުންކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

މިޕްރޮގްރާމަކީ އެކިފަރާތްތަކުގެ ދީލަތި އެހީއާއިއެކު ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމުން މިޕްރޮގްރާމަށް އެހީތެރިކަން ދެވެން އޮތް ފަރާތްތަކުން އެހީތެރިވެދެއްވުމަކީ މާރސީގެ ވަރަށް ބޮޑު އެދުމެކެވެ. މާރސީގެ ހަދިޔާވަށި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާރސީގެ ހޮޓްލައިން އަށް ގުޅުއްވައިގެން ގުރިއަށް ގެންދިއުމަށް މާރސީ ޖަމިއްޔާއިން އެދިލައްވައެވެ.
ހޮޓްލައިން ނަންބަރުތައް:
މާރސީގެ އެކައުންޓް ނަމްބަރު:
48136 00000 777 ރުފިޔާ އެކައުންޓް
48137 00000 777 ޑޮލަރު އެކައުންޓް
މާރސީ ޖަމިއްޔާ - މިއީ ކޮންބައެއް؟
މާރސީއަކީ ރަޖިސްޓްރީވެގެން ހިންގާ ޖަމިއްޔާއެކެވެ. ޗެރިޓީ މަސައްކަތް ކުރުމުންދާ މިޖަމްޢިއްޔާ ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިއެވެ. މިޖަމިއްޔާއިން މީގެ ކުރިން ވަނީ ފައިސާގެ އެހީތެރިކަން ބޭނުންވެފައިވާ އެތައް ބަލިމީހުންނަށް ތަފާތު ޕްރޮގްތާމްތައް ހިނގާ ފައިސާގެ އެހީތެރިކަން ފޯރުކޯށްދީފައެވެ. ފަންޑް ރައިޒިން އިވެންޓްތައް ބޭއްވުގައި އިތުބާރު ހުރި ނަމަކަށް "މާރސީ" ވެފައިވާއިރު މިޖަމިއްޔާގައި ހަރަކާތްތެރިވަނީ ޒުވާން ޓީމެއްކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ ކުރިން އެކި ފަރާތްތަކާއި ގުޅިގެން ތަފާތު ޗެރިޓީ ހަރަކާތްތަށް ބާއްވާފައިވާއިރު މާރސީ ޖަމިއްޔާއަކީ މިވަގުތު މިފަދަ ކަމަކަށް ތިބޭފުޅުންގެ ފައިސާ ދެއްވަައިގެން ނަތީޖާ ދައްކާނެ ބައެއްކަން މީގެ ކުރިން ހިންގާފައިވާ ހަރަކާތްތައް ހެއްކަކަށް ފުދޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...