މުޞީބާތެއް ކުރިމަތި ވިޔަސް ބައްޔެއް ކުރިމަތިވިޔަސް ﷲގެ ރަޙްމަތުން އުންމީދު ކުރަންޖެހޭ ކަމަށް ޝެއިޙް ޙުސން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ. ޝެއިޙް މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޢާންމުންނަށް ނަސޭހަތް ތެރިވުމަށް އިސްލާމިކް މިނިސްޓްރީ އޮފް އެފެއަރޒް އިން ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގައެވެ.
މި ނަސޭހަތް ކޮޅު ޝެއިޙް ފައްޓަވާފައިވަނީ ކީރިތި ޤުރުއާނުގެ އާޔަތަކާއި އޭގެ މާނައިންނެވެ. ޝެއިޙް ނަސޭހަތް ކޮޅު ފައްޓަވަމުން ވިދާޅުވި އާޔަތުގެ މާނަ އަކީ "އަދި ތިޔަބައި މީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައި ނުލާށެ، ހަމަކަށަވަރުން ކާފިރުވި މީހުން މެނުވީ ﷲގެ ރަޙްމަތުން އުންމީދު ކަނޑައެއްނުލައެ" މިއެވެ. އަދި އެއަށް ފަހު ޝެއިޙް ވިދާޅުވީ ދުނިޔެވީ ހަޔާތުގައި ބައްޔެއް ކުރިމަތި ވިޔަސް މުޞީބާތެއް ކުރިމަތި ވިޔަސް ﷲގެ ރަޙްމަތުން އުންމީދު ކުރަންޖެހޭ ކަމަށެވެ.
އަދި އިތުރަށް ޝެއިޙް ވިދާޅުވިއެވެ. އަޅުގަނޑު މެންނަށް މި ދިމާވެފައިވާ ނުރައްކާތެރި
ދަނޑިވަޅުގައި އަޅުގަނދުމެން ﷲގެ ހަޟްރަތަށް ގިނަގިނައިން ރުޖޫޢަވެ ޝިފާ ދެއްވާ ފަރާތަކީ އެއިލާހަކީ އެއިލާހުކަން އަޅުގަނޑުމެން ގެ ހިތްތަކުގައި ގިނަގިނައިން ބިންވަޅު ނަގަން ޖެހޭކަމަށެވެ.
އަދިވެސް ޝެއިޙް ވިދާޅުވެފައިވެއެވެ. ބަލިވުމަކީ އަޅުގަނޑުމެންގެ ފާފަތަށް ފުއްސަވާ ކަމަކެވެ. އަދި އެއީ އަޅުގަނޑުމެންގެ ދަރަޖަ އުފުލިގެން ދާކަމެކެވެ. ބަލީގެ ސަބަބުން އަޅުގަނޑުމެން ﷲގެ ރަޙްމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމަށާއި ބައްޔެއްގެ ސަބަބުން ތިމާ ދުނިޔޭގައި ކޮށް އުޅޭ ހެޔޮކަމެއް ނުކުރެވުނު ނަމަވެސް އެކަމުގެ ބަދަލުގައ އެކަމުގެ އަޖުރު ﷲސުބްޙާނަހޫ ވަތަޢާލާ ދެއްވާ ކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޡް ފުޅުގައި ވާކަމަށް ޝެއިޙް ޙަސަން ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...