ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހެނދުނު 10:30 އިން ފެށިގެން ތެލަސީމިއާ ސެންޓަރުގައި ޖަމިއްޔަތުއްސަލަފްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި ދީނީ ޢިލްމުވެރިންނާއި އެޖަމިއްޔާގެ މެމްބަރުންގެ އިތުރުން އެޖަމިއްޔާގެ ހަރަކާތްތަކުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންވަނީ ބައިވެރިވެ ތެލަސީމިއާ ކުދިންނަށް ލޭ ހަދިޔާ ކޮށްފައެވެ.
މިހަރަކާތާއި ގުޅޭގޮތުން މިހަރަކާތުގެ ކޯޑިނޭޓަރު އައްޝައިޚް ޒަމްޒަމް ފާރިޝް ދިއިސްލާމްއަށް ވިދާޅުވީ މިފަދަ ހަރަކާތެއްގެ ބޭނުމަކީ މިފަދަ ހައްސާސް ހާލަތެއްގައި ދީނީ އަދި އިޖުތިމާއީ ޒިންމާ އަދާކުރުން ކަމަށާއި އުއްމީދަކީ މި ފިޔަވަޅުގެ ސަބަބުން އާއްމުން ވެސް މިކަމުގެ މުހިއްމު ކަމާ މެދު ހޭލުންތެރި ވެ ލޭ ހޯދުމަށް ހުރި ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެން ދިއުން ކަމަށެވެ.
ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ޖަމިއްޔަތުއް ސަލަފުން އަންނަނީ އިޖްތިމާއީ ގޮތުންވެސް ރައްޔިތުންނަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފުދުންތެރިކަން ކުޑަ އާއިލާތަކަށް ރަމަޟާންމަހު ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމާއި މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމްތައްވެސް ޖަމިއްޔަތުއް ސަލަފްގެ ފަރާތުން އަންނަނީ ހަމަޖައްސަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...