ރާއްޖޭގެ ޚަބަރު ދިވެހިރާއްޖެ ރަށުތަޅުލުމަކަށް ދިޔުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައްވައިފި

ދިވެހިރާއްޖެ ރަށުތަޅުލުމަކަށް ދިޔުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައްވައިފި

ދިވެހިރާއްޖެ ރަށުތަޅުލުމަކަށް ދިޔުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގައި ފެތުރެމުން މިދާ ނުރައްކައުތެރި ކޮވިޑް19 ރޯގާއާއި ގުޅިގެން ދިވެހިރައްޔިތުންނާއި ސިއްޙީ މާހިރުންވެސް ރަށުތަޅުލުމަކަށް ގޮވާލަމުން މިދާ ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުންވެސް މިވަނީ އެކަމަށް ގޮވާލައްވައި އިލްތިމާސް ކުރައްވާފައެވެ.

މިކަމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައްވާފައި ވަނީ ހޯމަދުވަހުގެ ރޭ ނެރުއްވެވި ބަޔާނެއްގައެވެ. އެބަޔާނުގައި ޢިލްމުވެރިންގެ ގުޅުމުން ގޮވާލައްވާފައިވަނީ "ދުނިޔެގެ ކަންކޮޅުތަކުގައި މިވަގުތު ފެތުރެމުންދާ ކޮވިޑް19 ވައިރަސް މި ދިވެހިރާއްޖޭގައި ވެސް ހިފެހެއްޓުމެއްނެތި ފެތުރެން ފަށައިފިނަމަ ދެންދިމާވެދާނެ ނުރައްކަތެރިކަމާއި ގެއްލުން ބޮޑުކަމަށްޓަކައި މުޅި ރާއްޖެ ވަކި މުއްދަތަކަށް ރަށުތަޅުލުމަށް ރާއްޖޭގެ އިތުބާރު ހުރި ޑޮކްޓަރުން އިލްތިމާސްކޮށް ގޮވާލައްވަމުން ދާތީ، ޢިލްމުވެރިންވެސް އެކަމަށް ތާއީދުކޮށް، އެއީ ދީނުގެ ޝަރުޢީ މަސްލަހަތު މިވަގުތާއި ޙާލަތަށް ނިޔާކުރާ ގޮތްކަމުގައި ދިވެހިރައްޔިތުނަށް ހާމަކޮށް، ސިއްޙީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން އަރުއްވާފައިއެވާ ލަފަޔާއި އެއްގޮތަށް މުޅި މި އިސްލާމީ ވަތަން ރަށުތަޅުލިމަކަށް ދިޔުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ." މިފަދައިންނެވެ.

ދިވެހިރައްޔިތުން ކެނޑިނޭޅި މިވަގުތު ގޮވާލަމުން މިދަނީ މުޅިރާއްޖެ ރަށުތަޅުލުމަކަށް ދިޔުމަށެވެ. ސަރުކާރުން އަންނަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ފިޔަވަޅު ތަކެއް އަޅަމުންނެވެ. ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ އިތުރުން އަމިއްލަ ފަރުދުން ފަރުދީ ޒިންމާ އަދާ ކުރެއްވުމަށް މި ޙައްސާސް ވަގުތު ސަމާލުކަމެއް ދޭންޖެހެއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.