ރާއްޖޭގެ ޚަބަރު މަކުނުދޫ ޔޫތް މޫވްމެންޓްއާއި ހެޔޮ އެދޭ ފަރާތްތަކުން މަކުނުދޫގައި އަތްދޮންނަ ފުޅި ބަހައިފި

މަކުނުދޫ ޔޫތް މޫވްމެންޓްއާއި ހެޔޮ އެދޭ ފަރާތްތަކުން މަކުނުދޫގައި އަތްދޮންނަ ފުޅި ބަހައިފި

މަކުނުދޫ ޔޫތް މޫވްމެންޓްއާއި ހެޔޮ އެދޭ ފަރާތްތަކުން މަކުނުދޫގައި އަތްދޮންނަ ފުޅި ބަހައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަކުނުދޫ ޔޫތް މޫވްމެންޓް (މީމް ޖަމިއްޔާ) އާއި ހެޔޮ އެދޭ ފަރާތްތަކުން ހދ. މަކުނުދޫގައި އަތްދޮންނަ ފުޅި ބަހައިފި އެވެ.

މިއަދު އެރަށުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި އަތްދޮންނަފުޅި ބަހާފައިވަނީ މަކުނުދޫގައި އާންމުކޮން މީހުން ޚިދުމަތް ހޯދާ އިދާރާތަކާއި މިސްކިތްތަކަށެވެ. އެގޮތުން މަކުނުދޫ ކައުންސިލް، މަކުނުދޫ ފެނަކަ ބްރާންޗް، މަކުނުދޫ ހެލްތު ސެންޓަރ، މަކުނުދޫ ސުކޫލް ގެ އިތުރުން 3 މިސްކިތަކަށް ވަނީ އަތްދޮންނަ ފުޅި ފޯރުކޮށްދީފައެވެ.

ދުނިޔޭގެ ހަލުވިކަމާއި އެކު ފެތުރެމުންއަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ރާއްޖެއިިން 13 މީހުން ޕްޒިޓިވް ވެފައިވާއިރު ރަށްރަށުގައި އަންނަނީ މިކަމަށް ހޭލުންތެރިކުރުމަށް ތަފާތުގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މަކުނުދޫގައި އެކުލަވާލާފައިވާ ޓާސްކް ފޯސްއިން އަންނަނީ ތަފާތުގިނަ ހަރަކާތްތަކެއް ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.