ރާއްޖޭގެ ޚަބަރު ޕީސްގެ ދައުވަތަށް ޝައިޚް ނަސީމް ރާއްޖެވަޑައިގެންފި

ޕީސްގެ ދައުވަތަށް ޝައިޚް ނަސީމް ރާއްޖެވަޑައިގެންފި

ޕީސްގެ ދައުވަތަށް ޝައިޚް ނަސީމް ރާއްޖެވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަންގެ ދައުވަތަށް އައްޝައިޚް އަބޫ މުހައްމަދު ނަސީމް ރާއްޖެ ވަޑައިގެންފިއެވެ.

ޝައިޚް ނަސީމް އާއި އަނބިކަނބަލުން ރޯވާ ހައްދާދޫ ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޝައިޚްއާއި އަނބިކަނބަލުންނަށް މަރުހަބާ ކިޔާފައިވަނީ ޕީސް ފައުންޑޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނެވެ.

ޝައިޚް ނަސީމްގެ މިދަތުރުގައި ޕީސް ފައުންޑޭޝަނުން ކުޑަކުދިންނަށް ނަމާދުކުރާނެ ގޮތް ދަސްކޮށްދިނުމަށް ހިންގާ "ސްޖޫދު" ވޯރކްޝޮޕް ކުރިއަށް ގެންދާނެއެވެ. އަދި "ސުންނަތް ރޮމޭންސް" ނަމުގައި އަނބިކަނބަލުންނާއެކު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވޯރކްޝޮޕެއް ހިންގުމަށް ހަމަޖެހިފައިވާއިރު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ޝައިޚް ނަސީމްއާއި ރޯވާގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.

އޮސްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން 2006 ވަނަ އަހަރު އިސްލާމިކް ލޯ ކިޔަވައި ވިދާޅުވެ، ދަސްވެނިވެފައިވާ ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

މިއީ ޝައިޚް ނަސީމް ރާއްޖެ ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.