ރާއްޖޭގެ ޚަބަރު ސިޓީ ކައުންސިލްގެ ބޮޑު އެހީތެރިކަމެއް، ލެގަސީ ދަރުސް އޮންނާނީ އަމީނިއްޔާ ސްކޫލްގައި

ސިޓީ ކައުންސިލްގެ ބޮޑު އެހީތެރިކަމެއް، ލެގަސީ ދަރުސް އޮންނާނީ އަމީނިއްޔާ ސްކޫލްގައި

ސިޓީ ކައުންސިލްގެ ބޮޑު އެހީތެރިކަމެއް، ލެގަސީ ދަރުސް އޮންނާނީ އަމީނިއްޔާ ސްކޫލްގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ މަރުކަޒު މައިޒާނުގައި ބާއްވަން އުޅުނު "ދަ ލެގަސީ" އިވެންޓް ދެން އޮންނާނީ އަމީނިއްޔާ ސްކޫލްގައި ކަމުގައި އިވެންޓް އިންތިޒާމްކުރާ ޕީސް ފައުންޑޭޝަނުން ހާމަކޮށްފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވީ މާލޭ ސިޓީ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު އިވެންޓް ކުރިއަށް ގެންދަން އަމީނިއްޔާ ސްކޫލް ހަމަޖެހިފައިވާ ކަމަށެވެ.

ޖުލައިމަހުގެ 5 ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒު މައިޒާނުގައި އިވެންޓްކުރިއަށް ގެންދިޔުމަށް 25 މާޗްގައި ދީފައިވާ ހުއްދަ ސިޓީ ކައުންސިލުންވަނީ މީގެ ދުވަސްކޮޅެއް ކުރިން ބާޠިލްކޮށް އެކަން ޕީސް ފައުންޑޭޝަނަށް އަންގާފައެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ މީހުން އެއްވާ ހަރަކާތްތައް އެސަރަހައްދުގައި ނުބޭއްވުމަށް ސަރުކާރުން ނިންމާފަވުމެވެ.

ޞަބާހް ވިދާޅުވީ ލެގަސީ އިވެންޓް ކުރިއަށް ގެންދިޔުމަށް ތަނެއް ހަމަޖެއްސުމުގައި މާލޭ ސިޓީ ކައުންސިލާއި ހާއްސަކޮށް މާލޭ ސިޓީ މޭޔަރ ޝިފާ މުޙައްމަދުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަކަމަށާއި އެކަމަށްޓަކައި ސިޓީ ކައުންސިލާއި ޙާއްސަކޮށް މޭޔަރ ޝިފާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މިކަން ހަމަޖެހިގެން މިދިޔައީ ސިޓީ ކައުންސިލާއި މޭޔަރ ޝިފާގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމަކާއެކު. އެކަމަށްޓަކައި އެފަރާތްތަކަށް ވަރަށް ޙާއްސަކޮށް ޝުކުރުއަދާކުރަން" ޞަބާހް ވިދާޅުވިއެވެ.

ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ" އިވެންޓުގައި މިފަހަރު ތަޤްރީރުކުރައްވާނީ އެމެރިކާގެ ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.