ރާއްޖޭގެ ޚަބަރު އުންމަތުގެ ލާބައާއި މަންފާއަށް ރާއްޖެއިން މަސައްކަތްކުރާނެ: ރައީސް

އުންމަތުގެ ލާބައާއި މަންފާއަށް ރާއްޖެއިން މަސައްކަތްކުރާނެ: ރައީސް

އުންމަތުގެ ލާބައާއި މަންފާއަށް ރާއްޖެއިން މަސައްކަތްކުރާނެ: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ އުންމަތުގެ ލާބައާއި މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ރައީސްވަނީ ހާމަކުރައްވާފައެވެ.

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި އިއްޔެ ފެށި މި ސަމިޓުގެ މަޤުޞަދަކީ މުޅި މުސްލިމު އުންމަތުގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތްކުރުމަށް އިސްލާމީ ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމާ އަދި ދީނުގެ މަތިވެރި އުސޫލުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.

އޯއައިސީގެ މިސަމިޓް ބާއްވަނީ ކޮންމެ 3 އަހަރަކުން އެއްފަހަރުއެވެ. މިސަމިޓުން މުސްލިމު މެޖޯރިޓީ ޤައުމުތަކުގެ ލީޑަރުންނަށް ފާހަގަކުރެއްވޭ އެންމެ މުހިންމު މައްސަލަތަކާއި، އުންމަތުގެ އެކިއެކި ކަންކަމުގައި އެޤައުމެއްގެ ވިސްނުންހުރިގޮތް ހިއްސާކުރެއްވުމާއި، އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޤައުމުތަކުގެ އިސްވެރިންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ތަނަވަސްވެގެންދެއެވެ.

މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.