ސުފުރާ ފެން ފޮޅި

ފެން ފޮޅި

ފެން ފޮޅި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާނެ ތަކެތި:

1 ޖޯޑު ފުށް

1 ޖޯޑު ފެން

1 ކުކުޅުބިސް

ރަހަލާ ވަރަށް ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ފުށްކޮޅާއި ލޮނުކޮޅު އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް ކުކުޅުބިސްކޮޅު އަޅާލާ އެއްކޮށްލާށެވެ. ދެން، މަޑުމަޑުން އެއްކުރަމުން ފެންކޮޅު އަޅާލާށެވެ. ގަނޑު ގަނޑަށް ފުށް ނުހުންނާނެހެން ރަނގަޅަށް ގަށާ އެއްކުރާށެވެ. އެއަށްފަހު ތަވާގައި ތެޔޮފޮދެއް ހާކަލާ ތަވާ ހޫނުކުރުމަށްފަހު އުނދުޅިއަކުން އެއްކުރި އެތީގެ އެތިކޮޅެއް ތަވައަށް އަޅާލާށެވެ. އަދި އުނދުޅީގެ އަނެއް ފުށް އޭގެ މަތީގައި ކާއްތާލައިގެން ވަށްކޮށް ތުނިކޮށް ފޮޅި އޮންނާނެ ގޮތަށް ފަތުރާލާށެވެ. ފަސޭހައިން ތަވައިން ފޮޅި ނެއްޓޭވަރު ވީމައި އެއޮތީ ފިހެވިފައެވެ. ފިހެވުމުން ދޭފަތެއް ބޭނުންކޮށްގެން ފޮޅި އޮޅާލުމަށްފަހު ނަގާށެވެ. ތަވާއިން ނެގުމަށްފަހުގައި ތައްގައި ބާއްވައިގެންވެސް ބޭނުންނަމަ ފޮޅި އޮޅާލެވިދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.