ރާއްޖޭގެ ޚަބަރު ސަލަފްގެ ފަރާތުން މާލޭގެ 10 މިސްކިތެއްގައި މިރޭ ދަރުސްދެނީ

ސަލަފްގެ ފަރާތުން މާލޭގެ 10 މިސްކިތެއްގައި މިރޭ ދަރުސްދެނީ

ސަލަފްގެ ފަރާތުން މާލޭގެ 10 މިސްކިތެއްގައި މިރޭ ދަރުސްދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމިއްޔަތުއް ސަލަފްގެ ފަރާތުން މަލޭގެ 10 މިސްކިތެއްގެ މިރޭގެ އިޝަ ނަމާދަށްފަހުގައި ދަރުސްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

"ރޯދަމަހަށް ތައްޔާރުވުން" ނަމުގައި މިރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިމިވާ ދަރުސްތަކަކީ ކުރިއަށް އޮތް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދަރުސްތަކެއް ކަމުގައި އެޖަމިއްޔާއިން ބުނެއެވެ.

މިރޭ ދަރުސް ދިނުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ދަރުސް ދިނުމަށް ހަމަޖެހިފައިވާ ޢިލްމުވެރިން:

- އައްޝައިޚް އަހުމަދު ސަމީރު : ފުރުޤާން މިސްކިތް
- އައްޝައިޚް ހަސަން މޫސާ ފިކުރީ : ވިޔަފާރިވެރިންގެ މިސްކިތް
- އައްޝައިޚް ނިމާލު މުޙައްމަދު : ޖަލާލުއްދީން މިސްކިތް
- އައްޝައިޚް އަބްދުﷲ ސައުދާން : ޒިޔާރަތް މިސްކިތް
- އައްޝައިޚް ފަޟްލޫން މުޙައްމަދު : ޠައިބާ މިސްކިތް
- އައްޝައިޚް ޝިހާމް މުޙައްމަދު : ފަނޑިޔާރު މިސްކިތް
- އައްޝައިޚް ހުސައިން އަބްދުﷲ ސައީދު : ބަންޑާރަ މިސްކިތް
- އައްޝައިޚް ޝުއައިބް ނާޡިމް : ދުނބުރި މިސްކިތް
- އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން : އިސްކަންދަރު މިސްކިތް

- އައްޝައިޚް އަބްދުއްސަލާމް ދާއުދު : ނޫރު މިސްކިތް

މިދަރުސްތައް އަޑު އެހުމަށް ވީހާވެސް ގިނަ ފަރާތްތަކުން ޙާޟިރުވުމަކީ ޖަމިއްޔަތުއް ސަލަފްގެ ވަރަށް ބޮޑު އެދުމެކެވެ.

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރުވެސް ސަލަފުންވަނީ އިޝާ ނަމާދު ފަހުގައި އެއްވަގުތެއްގައި މާލޭގެ 12 މިސްކިތެއްގައި ދަރުސްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.