ރާއްޖޭގެ ޚަބަރު ހިރާ ސްކޫލުގެ އައުއިމާރާތުގެ މަސައްކަތް 2 މަސްތެރޭގައި ނިމޭނެ

ހިރާ ސްކޫލުގެ އައުއިމާރާތުގެ މަސައްކަތް 2 މަސްތެރޭގައި ނިމޭނެ

ހިރާ ސްކޫލުގެ އައުއިމާރާތުގެ މަސައްކަތް 2 މަސްތެރޭގައި ނިމޭނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙިރާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެސްކޫލުން ބުނެފިއެވެ.

އައްޑޫ ލައިވްއަށް ހިރާ ސްކޫލްގެ ފަރާތުން ދެއްވި ބަސްދީގަތުމެއްގައި އައްޝައިޚް މުހައްމަދު އަނިލް ވިދާޅުވެފައިވަނީ އިތުރު ކަމެއް ދިމާނުވާނަމަ ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ހިރާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާ ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށެވެ.

30 ކްލާސް ރޫމް ހިމެނޭގޮތަށް ޢިމާރާތްކުރާ ހިރާ ސްކޫލްގެ އައު އިމާރާތް ނިމުމުން އެސްކޫލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ އެއްދަންފަޅިއަށް ސްކޫލްގެ ކިޔެވުން ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝައިޚް އަނީލް ވިދާޅުވިއެވެ.

ލައިބްރަރީއާއި ލެބޯޓްރީގެ އިތުރުން އިތުރު ހަކާތްތައް ހިންގާނެ ޖާގައާއެކު އިމާރާތްކުރާ މިއިމާރާތުގެ ބިންގާ އަޅާ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިއަހަރު މާޗް 22 ގައެވެ.

21 ވަނަ ޤަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލްކަން ލިބިފައިވާ މުސްލިމް ދިވެހި ދަރިންތަކެއް ބިނާ ކުރުމުގެ މަޤްޞަދުގައި އައްޑޫ ސިޓީ ހިތަދޫގައި 2010 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ޙިރާ ސްކޫލްގައި މިހާޜު ގްރޭޑް 7 ހަމައަށް އަންނަނީ ކިޔަވައިދެމުންނެވެ. މިހާރު 470 ދަރިވަރުން ކިޔަވަމުން ގެންދާ މިސްކޫލްގެ އަމާޒަކީ ގްރޭޑް 12 އާއި ހަމައަށް ހިރާ ސްކޫލްގެ ފުރާޅުގެ ދަށުން ކިޔަވައިދިނުމެވެ.

ފޮޓޯ / އައްޑޫލައިވް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.