ރާއްޖޭގެ ޚަބަރު މަންދު ކޮލެޖު ކުރިމަތީ އިހުތިޖާޖް ކުރަންތިބި 3 މީހަކު ހައްޔަރުކޮށްފި

މަންދު ކޮލެޖު ކުރިމަތީ އިހުތިޖާޖް ކުރަންތިބި 3 މީހަކު ހައްޔަރުކޮށްފި

މަންދު ކޮލެޖު ކުރިމަތީ އިހުތިޖާޖް ކުރަންތިބި 3 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) އިސްލާމްދީނުގެ ޙުކުމްތަކާއި އަދި ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަކަތަކާއި ދެކޮޅު ހެދުމުގެ ގޮތުން މަންދު ކޮލެޖުގެ ދޮރުމަތީ މަޑުކޮށްލި ތިން މީހަކި ހައްޔަރު ކޮށްފިއެވެ.

މަޖީދީމަގުގައި ހުންނަ މަންދު ކޮލެޖުގެ ދޮރުމަތީ މިއަދު ހެނދުނު ތިންމީހަކު މަޑުކޮށްގެން ތިއްބާ އެސްއޯ ފުލުހުންވަނީ އެމީހުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ މީސް މީޑިއާގައި ފުލުހުންނަށް ނުރުހުން ފާޅުކުރަމުންނެވެ.

މަންދު ކޮލެޖު ކުރިމަތީގައި ތިބި 3 މީހަކު ފުލުހުން ހައްޔަރުކުރިއިރު އިއްޔެ ރައީސް އޮފީސް ސަރަހައްދުގައި މުޒާހަރާކުރި އެމްޓީޑީގެ އެއްވެސް މެމްބަރަކު ފުލުހުން ހައްޔަރުކޮށްފައި ނުވެއެވެ. އެމީހުން މުޒާހަރާކޮށްފައިވަނީ އެޕާޓީގެ ރައީސް އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހޮސްޕިޓަލުން ޖަލަށް ބަދަލުކުރުމުންނެވެ.

މަންދު ކޮލެޖުގެ ވެރިޔާއި އިބްރާހިމް އިސްމާއިލް އިސްލާމްދީނާއި ރަސޫލާއާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ޢިލްމުވެރިންނާއި އާއްމު ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.