ޑރ މުޙައްމަދު އިޔާޟް އަބްދުއްލަތީފް ކުރިއަށް ގެންދަވާ ކީރިތި ޤުރުއާނުގެ ތަފްސީރު ކްލާސްތައް ޗުއްޓީއަށް މެދު ކަނޑާލުމަށްފަހު މިރޭ ފަށާގޮތަށް ހަމަޖެހިއްޖެއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޑރ ޢިޔާޟް ވިދާޅުވީ ތަފްސީރު ކްލާސްތައް ފެށިގެންދާއިރު މިފަހަރު އިސްލާމީ މަރުކަޒުގައިވެސް ކުރިއަށްދާނެ ކަމަށާއި އެގޮތުން މިރޭ އިޝާ ނަމާދަށްފަހުގައި އިސްލާމީ މަރުކަޒުގައި ތަފްސީރު ކްލާސް ކުރިއަށްދާނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ތަފްސީރު ކްލާސް ކުރިއަށްދާނެ ކަމަށް ޑރ އިޔާޟް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިން ފުރުޤާން މިސްކިތުގައާއި އަދި ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާގައި ކުރިއަށް ގެންދިޔަ ކްލާސްތައްވެސް ކުރިއަށް ދާނެ ކަމަށް ޑރ ޢިޔާޟް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެރޭ ފުރުޤާން މިސްކިތުގައި ކްލާސްތައް ކުރިއަށްދާއިރު ހުޅުމާލޭގެ ކްލާސްތައް އޮންނާނި ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެރެއެވެ.
ޑރ ޢިޔާޟްގެ ޤުރުއާން ތަފްސީރު ކްލާސްތަކަކީ 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ކްލާސްތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...