ދާރުލް ޤުރްއާން ވައްސުންނައިން ހިންގާ ޤާރީ ކޯސްތަކަށާއި ކުޑަކުދިންގެ ޤުރްއަން ކްލާހަށް ވަނުމަށް އެދޭ ފޯމް އެ ސެންޓަރުން ދޫކުރަން ފަށައިފިއެވެ.
އަމީނީ މަގު ފުރުޤާން މިސްކިތާ ޖެހިގެން ހުންނަ ޢިމާރާތުގައި (ކުރީގެ ހަވީރުގެ އިދާރާ) ހިންގާ މި ސެންޓަރުގައި، ޤިރާއަތު ލެވެލް 1، 2، 3، އަދި 4 އަށް ކިޔަވައިދެއެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސެޓްފިކެޓް ކޯސް ތަކެއްކަމަށްވެސް އެތަނުން މަޢުލޫމާތު ދެއެވެ.
ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދިނުމުގެ ކްލާސްތަކުގެ ތެރޭގައި އަކުރު ދަސްކޮށްދިނުމުގެ ކްލާހާއި ބަލައިގެން ކިޔެވުމުގެ ކްލާހުގެ އިތުރުން ހިތުދަސްކޮށްދޭ ކްލާސްތައްވެސް އެތަނުގައި ހިންގައެވެ. އަދި ބޮޑެތިމީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިނގިރޭސި ބަސް ދަސްކޮށްދިނުމުގެ ކޯހާއި ޢަރަބި ބަސް ދަސްކޮށްދިނުމުގެ ކޯސްވެސް އެތަނުން ހިންގައެވެ.
ދާރުލް ޤުރްއާން ވައްސުންނައިން މަޢުލޫމާތުދޭ ގޮތުގައި މި ކޯސްތައް 13 ޖަނަވަރީ 2019 ގައި ފެށިގެން ކުރިއަށް ގެންދާނެއެވެ. އަދި އެ ކްލާސްތަކަށް ވަނުމަށް އެދޭ ފޯމު ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު ފަހު 1 އަށް އެ ސެންޓަރުން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ނަމަ 7891775 އަށް ގުޅުއްވުމަށްވެސް އެފަރާތުން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...