ރާއްޖޭގެ ޚަބަރު އޮމާންގެ ޔުނިވަރސިޓީތަކުން އައިޔޫއެމްއަށް އެހީތެރިކަން ފޯރުކޮށްދެނީ

އޮމާންގެ ޔުނިވަރސިޓީތަކުން އައިޔޫއެމްއަށް އެހީތެރިކަން ފޯރުކޮށްދެނީ

އޮމާންގެ ޔުނިވަރސިޓީތަކުން އައިޔޫއެމްއަށް އެހީތެރިކަން ފޯރުކޮށްދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޮމާންގެ ޔުނިވަރސިޓީ ތަކުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

އޮމާންގެ އިސްލާމިކް މިނިސްޓަރުގެ އޮފީހުގެ އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ ޑިރެކްޓަރ ޖެނެރަލް އިސްމާއިލް ބިން ނާސިރު ބިން ސައީދު އަލްއައުފީ ބުދަ ދުވަހު އައިޔޫއެމްއަށް ކުރެއްވި ޒިޔާރަތުގައިވަނީ އެކި ދާއިރާއިން އޮމާންގެ ޔުނިވަރސިޓީތަކުން އައިޔޫއެމްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކޮށްފައެވެ.

މިބައްދަލުވުމުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރ އުސްތާޛާ އައިޝަތު ޚަލީލާގެ އިތުރުން އެޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވައިސް ޗާންސެލަރ ޚަލީލާ އައިޔޫއެމްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވީތީ އެކަމަށްޓަކައި އިސްމާއިލް ބިން ނާސިރު ބިން ސައީދު އަލްއައުފީއަށް ޝުކުރު ދަންނަވާފައެވެ.

އައިޔޫއެމްއިން މީގެ ކުރިންވެސްވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫތަކުގައި ދުނިޔޭގެ ގިނަ ޔުނިވަރސިޓީތަކާއެކު އެއްބަސްވެފައެވެ. އެގޮތުން މަދީނާ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީ، ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިޔާ (ޔޫ.ކޭ.އެމް)، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އަދި ޑރ ބިލާލް ފިލިޕްސް އުފައްދާ ކުރިއަށް ގެންދާ އިސްލާމިކް އޮންލައިން ޔުނިވަސިޓީ (އައިއޯޔޫ) ފަދަ ޔުނިވަރސިޓީތަކާއެކުވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.