އުނގޫފާރު ދާއިރާގެ މެމްބަރ ޑރ އަފްރާޝީމް އަލީ ޤަތުލުކުރި މައްސަލައާއެކު ޖުމްލަ 24 މައްސަލައެއް ބެލުމަށް މިހާތަނަށް ނިންމާފައިވާ ކަމަށް މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ހާމަކޮށްފިއެވެ.
އެކޮމިޝަނުގެ ފަރާތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދުވަނީ ކޮމިޝަނުން ބެލުމަށް މިހާތަނަށް ނިންމާފައިވާ މައްސަލަތައް ހިއްސާކޮށްފައެވެ.
އެގޮތުން ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފްގެ މައްސަލައާއި އަހުމަދު ރިޟްވާން އަބްދުﷲގެ މައްސަލަ އާއި ޔާމީން ރަޝީދު މަރާލި މައްސަލަ އާއި ރ. މީދޫ، މުހައްމަދު އަނަސް މަރާލި މައްސަލަ އާއި ކުޑަ ކުދިންގެ ހިޔާގައި މަރުވި ފަސް މަހުގެ ކުއްޖާގެ މައްސަލަ އާއި ޖަލުގައި މަރުވި ދެ ގައިދީއެއްގެ މައްސަލައެއް ހިމެނެ އެވެ.
ސުއޫދު ވިދާޅުވީ ކޮމިޝަނުން މައްސަލަތައް އާއިލާތަކުގެ ހުއްދަ ހޯދައިގެން ކަމަށާއި މައްސަލަތައް ބެލުމުގައި ބޭރުގެ އެހީތެރިކަން އެކޮމިޝަނުން ހޯދާނެ ކަމަށެވެ. އެގޮތުން އެފްބީއައި އާއި އޮސްޓްރޭލިއާ އެކްސްޕާޓެއްގެ އެހީ ހޯދުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޕްރޮފެސަރު ހަސަން އުގެއިލް ވެސް އެހީތެރިކަން ދޭން ނިންމައި އެ ކޮމިޝަންގެ މަސައްކަތްތަކާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...