ރާއްޖޭގެ ޚަބަރު ޤުރުއާނާއި ބެހޭ މަރުކަޒުގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޤުރުއާނާއި ބެހޭ މަރުކަޒުގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޤުރުއާނާއި ބެހޭ މަރުކަޒުގެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމަރުކަޒުން ބުނެފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ 4 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޤިރާއަތު ސެޓްފިކެޓް ލެވެލް 1،2،3 ގެ ކޯސްތަކުގެ އިތުރުން ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހެވެ.

8 ހަފްތާގެ މުއްދަތަށް ހިންގާ ޤިރާއަތު ސެޓްފިކެޓް ލެވެލް 1 ގައި ބައިވެރިވުމުގެ ޝަރުތުތަކަކީ ގްރޭޑް 7 ނިންމާފައިވުމާއި ޢުމުރުން 16 އަހަރު ފުރިފައިވުމުގެ އިތުރުން މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމެވެ. ޤިރާއަތު ސެޓްފިކެޓް ލެވެލް 2 ގައި ބައިވެރިވެވޭނީ ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުމާއެކު މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމުންނެވެ. މިކޯހުގެ މުއްދަތަކީ 1 ސެމިސްޓަރއެވެ.

ޤިރާއަތު ސެޓްފިކެޓް ލެވެލް 3 ގައި ބައިވެރިވެވޭނީ ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ފުރިހަމަ ކޮށްފައިވުމާއެކު މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމުންނެވެ. މިކޯހުގެ މުއްދަތަކީ 2 ސެމިސްޓަރއެވެ. ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހުގެ ޝަރުތަކީ ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ފުރިހަމަ ކޮށްފައިވުމާއެކު މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުމެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މަރުކަޒުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ. ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ އެންމެފަހު މުއްދަތަކީ 2019 ޖަނަވަރީ 7 ވާ ހޯމަ ދުވަހުގެ 13.30ގެ ކުރިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.