އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ އެދިލެއްވުމާއި އެއްގޮތަށް ލައިސެންސް ނެގުމުގެ އިމްތިހާން އަންހެން ބޭފުޅަކު ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމް ޓްރާންސްޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާ ހަމަޖައްސަވައި ދެއްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން ޝައިޚް އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލައިސެންސް ނަންގަވަން ދުއްވާ ޓެސްޓް ހައްދަވާއިރު ފިރިހެން ބޭފުޅަކު ފަހަތަށް އަރުވަން އަރުވަން ބޭނުންނުވާ އުޚުތުންނަށް ފަސޭހަކަމާއެކު އަންހެން ބޭކަނބަލަކު ހަމަޖައްސަވައި ދެއްވުމަކީ ޓްރާންސްޕޯރޓް މިނިސްޓްރީގެ ފަރާތުން އެދޭ ވަރަށ ބޮޑު އެދުމެއް ކަމަށެވެ.
މިޓުވީޓަށް ޖަވާބު ދެއްވާ ޓްރާސްންޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ޝައިޚް އަލީ ޒާޙިރު ދެއްވި ރަނގަޅު ޚިޔާލާއި އެއްގޮތަށް ހަމަޖެއްސުމަށް މިހާރުވަނީ ރަސްމީކޮށް އަންގާފައި ކަމަށާއި އިންޝާ ﷲ ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.
ފިރިހެން ބޭފުޅަކާއެކު ލައިސެންސް ނެގުމަށް ޑްރައިވިންގ ޓެސްޓް ހަދަން ޖެހުމުން ގިނަ އަދަދެއްގެ އުޚްތުންވަނީ މީގެ ކުރިންވެސް އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. މިނިސްޓަރުގެ މިނިންމެވުމާއެކު އެފަދަ ގިނަ ފަރާތްތަކަށް ލަސެންސް ނެގުމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...