ޔޫރަޕިއަން މުސްލިމް ލީގުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅައި ސުލްހައިގެ ސަފީރެއްގެ ގޮތުގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ހަމަޖައްސައިފިއެވެ.
މިކަން އިޢުލާނުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި އެޖަމާއަތުގެ ވެބްސައިޓްގައެވެ.
ސުލްހައިގެ ސަފީރުގެ ގޮތުގައި އައްޔަންކުރައްވާ އެޖަމިއްޔާގެ ރައީސް ޑރ އަލްފްރޭޑޯ މައިއޮލީސް އާއި ސެކެރެޓަރީ ޖެނެރަލް ޑރ ޔުވޯން ރިޑްލީ ވަނީ ޝައިޚް އަބްދުﷲއަށް މަރުހަބާ ވިދާޅުވެފައެވެ.
ޔޫރަޕިއަން މުސްލިމް ލީގަކީ އިސްލާމްދީނުގެ ޞައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް 10 މެއި 2010 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...