2019 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ވިސާއާ ނުލައި ދިވެހިންނަށް ދެވޭ ގޮތަށް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ.
މިކަން ކަށަވަރުކޮށްދެއްވާފައިވަނީ މިހާރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ ޝާހިދު އިއްޔެ ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބުދުﷲއާ ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރުގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސިޔާސަތުތައް ޝައިހް އަބްދުﷲއާ ހިއްސާ ކުރައްވާފައިވާ ކަމަށާި އަދި ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރި އާއި އިންވެސްޓްމެންޓްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
"މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި ވިޔަފާރި އަދި އިންވެސްޓްމަންޓް އިތުރު ކުރުމަށް ވަނީ މަޝްވަރާކޮށްފަ" ޝާހިދުގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ޔޫއޭއީ އަށް މި ވަޑައިގަތީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު އެވެ.

















ޚިޔާލު