ރާއްޖޭގެ ޚަބަރު އައިޔޫއެމްގެ ޗާންސެލަރކަމުން ޑރ ޝަހީމް އިސްތިއުފާދެއްވައިފި

އައިޔޫއެމްގެ ޗާންސެލަރކަމުން ޑރ ޝަހީމް އިސްތިއުފާދެއްވައިފި

އައިޔޫއެމްގެ ޗާންސެލަރކަމުން ޑރ ޝަހީމް އިސްތިއުފާދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަޤާމުން ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަޤާމުން އިސްތިއުފާދެއްވިކަން ހާމަކޮށް ޑރ ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޤާމުގައި ނެތަސް އިސްލާމްދީނާއި ދިވެހި ޤައުމާއި އިސްލާމީ އުއްމަތަށް ޚިދުމަތް ކުރުން މަތީ ދެމިހުރުމަކީ ފަހުނޭވަޔަށް ވެސް ހަޔާތުގެ އެންމެ މަތިވެރި އަޒުމެއް ކަމަށެވެ.

ރައީސް ޔާމިން ސަރުކާރުގެ  ފުރަތަމަ އިސްލާމިކް މިނިސްޓަރކަމުގެ މަޤާމްގައި ހުންނަވާ ޑރ ޝަހީމްވަނީ އިސްލާމިކް ޔުނިވަރސިޓީ އުފެއްދުމުގެ ހުރިހާ މަސަައްކަތެއްގައިހެން ޢަމަލީ ގޮތުން ބައިވެރިވެޑައިގެންފައެވެ. އެގޮތުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ރައީސްއަކީވެސް ޑރ ޝަހީމްއެވެ.

އިސްލާމިކް ޔުނިވަރސިޓީ އުފައްދާ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަން ޑރ ޝަހީމްވަނީ އަދާކުރައްވާފައެވެ. އަދި އެއަށްފަހު ޗާންސެލަރ ކަމުގެ މަޤާމާއި ހަވާލުވެފައިވަނީ އެމަޤާމުގައި ހުންނެވި ޑރ ޒާހިރު ހުސައިން މަޤާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.

އިސްލާމިކް ޔުނިވަރސިޓީގައި ހޭދަކުރެއްވި ދުވަސްތަކުގައި ޑރ ޝަހީމްވަނީ އެތަން އުފައްދާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ޔުނިވަރސިޓީއިން ފަހިކޮށްދީފައިވާ އިރު، ރާއްޖެއިން ބޭރުގެ ގިނަ ޔުނިވަރސިޓީތަކެއްގެ އެއްބާރުލުން ލިބޭނެ އިންތިޒާމްތަކެއްވެސްވަނީ ހަމަޖައްސާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.