ޕީސް ފައުންޑޭޝަންއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދަ ލެގަސީ އިވެންޓްގައި މިފަހަރު ބައިވެރިވެ ވަޑައިގަންނަވާނީ އެމެރިކާއަށް ނިސްބަތްވާ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް އަބޫ އުސާމާ އައްތަހާބީ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
އެގޮތުން ދަ ލެގަސީގެ ދަރުސްތައް މިމަހުގެ 7 ގައި މާލޭގައި 8 ވަނަ ދުވަހު އައްޑޫ ސިޓީގައި ކުރިއަށްދާނެ ކަމަށް ޕީސް ފައުންޑޭޝަންއިން ހާމަކުރެއެވެ.
މިއަންނަ ހުކުރުދުވަހުގެރޭ އިސްލަމީ މަރުކަޒު މައިދާނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދަރުސްގެ މައުޟޫއަކީ "ދަ ވިނާރސް"އެވެ.
މިފަހަރުގެ ލެގަސީ އިވެންޓްގައި ބައިވެރިވެ ވަޑައިގަންނަވާ އައްޝައިޚް އަބޫ އުސާމާއަކީ އެމެރިކާގެ ނިއުޖާޒީއަށް 1964 ވަނަ އަހަރު އުފަންވެވަޑައިގަތް ބޭފުޅެކެވެ. ހުޅަނގުގެ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވަމުން އަންނަ ޝައިޚް އަބޫ އުސާމާ އިސްލާމްވެ ވަޑައިގަތީ 1986 ވަނަ އަހަރުގައެވެ. ޝައިޚް ބިން ބާޒް އަދި ޝައިޚް އުޘައިމީން ފަދަ ބޭފުޅުންގެ އަރިހުން ޢިލްމު ހާސިލްކުރެއްވުމުގެ ފުރުޞަތު ލިބުނު އަބޫ އުސާމާވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ދައުވާ އަދި އުސޫލުލްދީން އިން ތައުލީމް ހާޞިލްކުރައްވާފައެވެ.
ދަ ލެގަސީ އިވެންޓް:
- 13 ޖުލައި 2017 ވަނަ ދުވަހު ފެށި އިވެންޓެއް
- ފުރަތަމަ އިވެންޓްގައި ބައިވެރިވެ ވަޑައިގެންފައިވަނީ ޑރ ބިލާލް ފިލިޕްސް
- 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުވަނީ ލެގަސީގެ ދެވަނަ އިވެންޓެއްވެސް ބާއްވާފައި
- ލެގަސީގެ ދެވަނަ އިވެންޓްގައި ތަޤްރީރުކުރައްވާފައިވަނީ ޝައިޚް ހުސައިންޔީ
- މާލޭގެ އިތުރުން ފުވައްމުލަކުގައިވެސް ލެގަސީގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައިވޭ
- ލެ ގަސީގެ އިވެންޓްތަކަށް އާއްމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑު
ކޮމެންޓް (0)
ލޯޑް ކުރަމުން...