ދުނިޔެ އޭކޭ ޕާޓީގެ ކެންޑިޑޭޓަކަށް އުރުދުޣާން

އޭކޭ ޕާޓީގެ ކެންޑިޑޭޓަކަށް އުރުދުޣާން

އޭކޭ ޕާޓީގެ ކެންޑިޑޭޓަކަށް އުރުދުޣާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ތުރުކީގެ ރިޔާސީ އިންތިހާބުގައި  ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) އިން ރިޔާސީ އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކަށް ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ނަންފުޅު ކަނޑައަޅައިފިއެވެ.

މިކަން އިޢުލާނު ކޮށްދެއްވާފައިވަނީ އޭކޭ ޕާޓީގެ ލީޑަރު އަދި ތުރުކީގެ މިހާރުގެ ބޮޑުވަޒީރު ބިންއަލީ ޔިލްޑިރިމްއެވެ.

ކެނޑިޑޭޓް އިޢުލާނުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ޔިލްޑިރިމް ވިދާޅުވީ އޭކޭ ޕާޓީގެ ކެނޑިޑޭޓަކަށް އުރުދުޣާން ހަމަޖެއްސެވީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެވެސް ރުހުމާ އެކުގައި ކަމަށާއި އުރުދުޣާންއަކީ ރައްޔިތުން ބަލައިގަނެފައިވާ ރައްޔިތުންގެ ކެނޑިޑޭޓް ކަމަށެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ކުރިން ކަނޑައަޅާފައިވާ ތުރުކީގެ ޤާނޫނު ހަދާ މަޖްލިސްއާއި ރިޔާސީ އިންތިހާބު ބާއްވާ ތާރީޚް ރައީސް އުރުދުޣާންވަނީ ކުއްލި ގޮތަކަށް އަވަސް ކުރައްވާފައެވެ. މިހާޜު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.