ޝައްވާލުމަހުގެ ހަދުވަހު ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ ދަރުސް ސިލްސިލާގައި މިއަދު ދަރުސް ދެއްވާނީ އެޖަމިއްޔާގެ ޢިލްމުވެރިންގެ މަޖްލިސްގެ މެމްބަރ އައްޝައިޚް މުޖުތަބާ ހަމީދު ކަމުގައި ސަލަފުން ހާމަކޮށްފިއެވެ.
މިއަދުގެ ދަރުސްގައި ޝައިޚް މުޖުތަބާ ވާހަކަފުޅު ދައްކަވާނީ ރަސޫލު ބޭކަލުންނަށް އީމާންވުމާއި ގުޅޭގޮތުންނެވެ. މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ފަރާތްތަކުން ޙާޟިރުވުމަކީ ޖަމިއްޔަތުއް ސަލަަފްގެ ވަރަށް ބޮޑު އެދުމެކެވެ.
ހަ ރުކުންގައި އިއްޔެ ދަރުސްދެއްވީ އައްޝައިޚް އަބްދުއްސަލާމް ދާއޫދުއެވެ. ޝައިޚްގެ ދަރުސްގައި ވާހަކަފުޅު ދެއްކެވީ ފޮތްތަކަށް އީމާންވުމާއި ގުޅޭ ގޮތުންނެވެ.
އަޞްރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ކުރިއަށްދާ މިދަރުސް ޖަމިއްޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...