ރާއްޖޭގެ ޚަބަރު މިއަހަރުވެސް ކިހާދޫ ކޮންމެ ކުއްޖަކަށް ޢީދު ހަދިޔާއަށް އައިސްކޯން

މިއަހަރުވެސް ކިހާދޫ ކޮންމެ ކުއްޖަކަށް ޢީދު ހަދިޔާއަށް އައިސްކޯން

މިއަހަރުވެސް ކިހާދޫ ކޮންމެ ކުއްޖަކަށް ޢީދު ހަދިޔާއަށް އައިސްކޯން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކިހާދޫ ޑިވޮލަޕްމަންޓް ސޮސައިޓީ (ކިޑްސް) ގެ ފަރާތުން ފިޠރު ޢީދުގެ ހަދިޔާއަކަށް ރަށުގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް އައިސްކޯން ބަހައިފިއެވެ.

މިހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވި ކިޑްސްގެ ރައީސް އިބްރާހިމް ވަސީމް ވިދާޅުވީ މިހަރަކާތަކީ ޢީދުގެ އުފަލުގައި އެންމެންވެސް ބައިވެރިކޮށް އެންމެންގެ މެދުގައިވެސް ލޯބި އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މިހަރަކާތުގެ ދަށުން އިއްޔެވަނީ ކިހާދޫގެ މަގުތަކުގައި ކުޑަ ކުދިންނަށް އައިސްކޯން ބެހުން ކުރިއަށް ގެންގޮސްފައެވެ.

2015 ވަނަ އަހަރު އުފެއްދި ކިޑްސް ޖަމިއްޔާއިން މިދިޔަ އަހަރުގެ ފިޠުރު ޢީދުގައިވެސް ވަނީ ރަށުގައި ދިރިއުޅޭ ހުރިހާ ކުދިންނަށް އައިސްކޯން ބަހާފައެވެ. ކިޑްސް ޖަމިއްޔާއިން އަންނަނީ ކިހާދޫގައި ޢީދު ފާހަގަކުރުމާއި އެހެންވެސް އިޖްތިމާއީ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.