ރާއްޖޭގެ ޚަބަރު އެމްއެންޔޫ އެސްޔޫއަށް ފަހިދޫ ބަހުސް މުބާރާތުން ލިބުނު ހުރިހާ ފައިސާއެއް ސާއިދުއަށް

އެމްއެންޔޫ އެސްޔޫއަށް ފަހިދޫ ބަހުސް މުބާރާތުން ލިބުނު ހުރިހާ ފައިސާއެއް ސާއިދުއަށް

އެމްއެންޔޫ އެސްޔޫއަށް ފަހިދޫ ބަހުސް މުބާރާތުން ލިބުނު ހުރިހާ ފައިސާއެއް ސާއިދުއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ ފަހިދޫ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން(އެމްއެންޔޫއެސްޔޫ) އިން މުބާރާތުގައި ފައިސާގެ އިނާމްގެ ގޮތުގައި ލިބުނު ހުރިހާ ފައިސާއެއް ނޫސްވެރިޔާ ސާއިދު އަހުމަދަށް ހަދިޔާކޮށްފިއެވެ.

ޕީއެސްއެމްގައި ކުޅިވަރުގެ ޚަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ސާއިދުގެ ދެކިޑްނީ ފެއިލްވެ ފަރުވާކުރުމަށް އެހީތެރިކަމަށްވަނީ ބޭނުންވެފައެވެ.

ފަހިދޫ ބަހުސް މުބާރާތުގެ އެންމެ މޮޅު ބަހުސް ކުރުންތެރިއަކަށް އެމްއެންޔޫ އެސްޔޫގެ މުހައްމަދު ޔާމީން ހޮވިފައިވާ އިރު އެންމެ މޮޅު ބަހުސް ކުރުންތެރިޔާއަށް ލިބުނު 3000 ރުފިޔާއާއި ޗެމްޕިއަން ޓީމަށް ލިބުނު 15000 ރުފިޔާއާއެކު ޖުމްލަ 18000 ރުފިޔާ މިރޭވަނީ އެމްއެންޔޫއެސްޔޫގެ ފަރާތުން ސާއިދުގެ އާއިލާއަށް ހަވާލުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޔޫ އެސްޔޫގެ ރައީސް އަރުޝަދު އަޝްރަފް ވިދާޅުވީ އެމްއެންޔޫގެ މެނޭޖްމަންޓާއި އެމްއެންޔޫ އެސްޔޫގެ ބަހުސް ޓީމް މިވަގުތު އެންމެ ބޮޑަށް ބޭނުންވީ އެހީ ތެރިކަމަށް ބޭނުންވެފައިވާ އެފަދަ ފަރާތަކަށް އެހީތެރިވުން ކަމަށާއި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެވުމަކީ ދަރިވަރުންނަށްވެސް ލިބިގެންދާ އުފަލެއް ކަމަށެވެ.

އެމްއެންޔޫ އެސްޔޫގެ ޓީމް ފަހިދޫ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މުޅި މުބާރާތުގައިވެސް އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އޮތް ފައިނަލްގައި އަނެއްކޮޅުން ވާދަކުރީ ދިވެސް ޓީމެވެ.

މިމުބާރާތުގައި މީގެ ކުރިންވެސް އެމްއެންޔޫ އެސްޔޫ ޗެމްޕިއަންކަން ހޯދި ދެފަހަރު ލިބުނު ފައިސާގެ އިނާމުވެސް ހަދިޔާކޮށްފައިވަނީ ބޭނުން ޖެހިފައިވާ ފަރާތްތަކަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.