ރާއްޖޭގެ ޚަބަރު ލޯތްބާއެކު ފޮނުވި އެހީގެ ތަކެތި ބެހުން މިއަދުވެސް ޣާޒާގައި ކުރިއަށްދާނެ

ލޯތްބާއެކު ފޮނުވި އެހީގެ ތަކެތި ބެހުން މިއަދުވެސް ޣާޒާގައި ކުރިއަށްދާނެ

ލޯތްބާއެކު ފޮނުވި އެހީގެ ތަކެތި ބެހުން މިއަދުވެސް ޣާޒާގައި ކުރިއަށްދާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ޣާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުވުމުގެ ގޮތުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ފެށި ލޯތްބާއެކު ކެމްޕެއިންގެ ދެވަނަ އަދި ތިންވަ ބުރުގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެ ކަމަށް އައިއޭސީއިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެފަރާތުން ބުނެފައިވާ ގޮތުގައި ޣާޒާގެ ދެކުނުގެ ސަރަހައްދުގައި ދިރިއުޅޭ 250 އާއިލާއަކަށް މިބުރުގައިވެސް އެހީގެ ތަކެތި ބަހާނެކަމަށާއި އަދި ޣާޒާގެ އުތުރުގައި ދިރިއުޅޭ 250 އާއިލާއަކަށް އެހީގެ ތަކެތި ފޯރުވައިދިނުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

މިކެމްޕެއިންގެ ދަށުން ޣާޒާގެ އާއިލާތަކަށް ބަހަމުންދާ ފުޑް ބާސްކެޓްގައި ހިމެނެނީ ކުކުޅު، ޕާން، ކައްކާ ތެޔޮ، ކެބެޖް، ބީންސް،އެގް ޕްލާންޓް، ފިޔާ، އަލުވި، ކިއުކަމްބަރ އަދި ޓޮމާޓޯއެވެ.

މިކެމްޕެއިންގެ ފުރަތަމަ ބުރުގައި ޣާޒާގެ އުތުރުގައި ދިރިއުޅޭ 250 އާއިލާއަކަށް 20،000 ޑޮލަރުގެ އެހީގެ ތަކެތި ވަނީ ބަހާފައެވެ..

ޣާޒާގެ އާއިލާއެއްގެ 10 ދުވަހުގެ ކެއުމަށް 20 ޑޮލަރު ޚަރަދުވާއިރު ޣާޒާގެ ރައްޔިތުންނަށް އައިއޭސީ މެދުވެރިކޮށް އެހީތެރިވުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.

ޣާޒާގެ ރައްޔިތުންނަށް އެހީވުމަށް:

އެކައުންޓް ނަން: އެހީ ޖަމިއްޔާ

ރުފިޔާ އެކައުންޓް ނަންބަރ: 7770000014818

ޑޮލަރު އެކައުންޓް ނަންބަރ: 7770000014817

ޣާޒާގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ކުރަމުންދަނީ ޣާޒާގައި އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ އަލް ފަލާހް ބެނެވޮލެންޓް ސޮސައިޓީއާއި ގުޅިގެން ނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.