1439 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުން މާދަމާ އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ.
އެމިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބެހުމުގެ ކަންކަން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ. އަދި ގޮވާމުގެ ގޮތުގައި ލިބިފައިވާ ތަކެތި ބެހުމުގެ މަސައްކަތް ކުރަމުންދާނީ ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާ އަރަބިއްޔާ ސްކޫލުންނެވެ.
ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 އިން މެންދުރު 12:00 އަށް، މެންދުރު 12:45 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...