ރާއްޖޭގެ ޚަބަރު ރާއްޖެއިން ޣާޒާގެ ރައްޔިތުންނަށް ފޮނުވި އެހީ ބަހަން ފަށައިފި

ރާއްޖެއިން ޣާޒާގެ ރައްޔިތުންނަށް ފޮނުވި އެހީ ބަހަން ފަށައިފި

ރާއްޖެއިން ޣާޒާގެ ރައްޔިތުންނަށް ފޮނުވި އެހީ ބަހަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ފަލަސްތީނުގެ ޣާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްފެށި "ލޯތްބާއެކު" ހަރަކާތުގައި ލިބުނު އެހީގެ ތަކެތި ޣާޒާގެ ރައްޔިތުންނަށް ބަހަންފަށައިފިއެވެ.

މިކަމާއި ގުޅެގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އައިއޭސީގެ މީޑިއާ ހެޑް އާދަމް ނާއިފް ވިދާޅުވީ "ލޯތްބާއެކު" ހަރަކަތުގެ ތެރެއިން ޣާޒާގެ ރައްޔިތުންނަށް ފުޑް ބާސްކެޓް ބެހުމުގެ ފުރަތަމަ ބުރުގައި ބެހުމަށް ހަމަޖެހިފައިވާ އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ޣާޒާގައި ފެށިގެން ކުރިއަށްދާ ކަމަށެވެ.

ނާއިފް ވިދާޅުވީ މިބުރުގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ޣާޒާގެ ދެކުނުގައި ކަމަށާއި އެގޮތުން 250 އާއިލާއަކަށް 10 ދުވަހަށް ބޭނުންވާނެ ކާބޯތަކެތި ފޯރުކޮށްދެވިގެންދާނެ އެވެ.

ޣާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފުޑް ބާސްކެޓްގައި ހިމެނެނީ ކުކުޅު، ޕާން، ކައްކާ ތެޔޮ، ކެބެޖް، ބީންސް،އެގް ޕްލާންޓް، ފިޔާ، އަލުވި، ކިއުކަމްބަރ އަދި ޓޮމާޓޯއެވެ.

ޣާޒާގައި އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ އަލް ފަލާހް ބެނެވޮލެންޓް ސޮސައިޓީއާއި ގުޅިގެން އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު ނާއިފް ވިދާޅުވީ މިޕްރޮގްރާމްގެ ދެވަނަ އަދި ތިންވަނަ ބުރުވެސް ކައިރި މުސްތަޤުބަލެއްގައި ފެށިގެންދާނެ ކަމަށެވެ.

އާއިލާގެ 10 ދުވަހުގެ ކެއުމަށް ބޭނުންވާނެ ތަކެއްޗަށް 20 އެމެރިކާ ޑޮލަރު ޚަރަދުވާއިރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށްވަނީ މިހާރުވެސް އެފުރުޞަތު ހުޅުވާލާފައެވެ.

ޣާޒާގެ ރައްޔިތުންނަށް އެހީވުމަށް:

އެކައުންޓް ނަން: އެހީ ޖަމިއްޔާ

ރުފިޔާ އެކައުންޓް ނަންބަރ: 7770000014818

ޑޮލަރު އެކައުންޓް ނަންބަރ: 7770000014817

އައިއޭސީއިން މީގެ ކުރިންވަނީ ސޫރިޔާ އަދި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކާމިޔާބު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.