ރާއްޖޭގެ ޚަބަރު ރިނބުދޫ ކައުންސިލްގެ މީޑިއާ ޕާރޓްނަރަކަށް ދިއިސްލާމް

ރިނބުދޫ ކައުންސިލްގެ މީޑިއާ ޕާރޓްނަރަކަށް ދިއިސްލާމް

ރިނބުދޫ ކައުންސިލްގެ މީޑިއާ ޕާރޓްނަރަކަށް ދިއިސްލާމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދ ރިނބުދޫ ރަށު ކައުންސިލްގެ މީޑީއާ ޕާރޓްނަރަކަށް ދިއިސްލާމް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެގޮތުން މީޑިއާ ޕާރޓްނަރަކަށް ދިއިސްލާމް އާއެކު ސޮއިކުރުން އޮތީ ރޭ ރިނބުދޫ ކައުންސިލުން މާލޭގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ތަރާވީހެއްގައެވެ.

މިއެއްބަސް ވުމުގައި ރިނބުދޫ ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލްގެ ރައީސް ޙާތިމް އިބްރާހިމްއެވެ. އަދި ދިއިސްލާމްގެ ފަރާތުން ސޮއިކުރީ ދިއިސްލާމްގެ ލިޔުންތެރިއެއް ކަމުގައިވާ ޖައިޝަން ސައީދުއެވެ.

މިއެއްބަސްވުމުގެ ދަށުން ރިނބުދޫ ކައުންސިލްގެ މަސައްކަތްތަކާއި ހަރަކާތްތަކާއި ރިނބުދޫގެ ޚަބަރާއި މައުލޫމާތު ދިއިސްލާމް މެދުވެރިކޮށް ގެނެސްދެވޭނެއެވެ.

މިއީ ކައުންސިލެއްގެ މީޑިއާ ޕާޓްނަރަކަށް އޮންލައިން ނޫހެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.