ކުރީ އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އިސްލާމީ މަރުކަޒުގައި އިމާމްވެ ދަމު ނަމާދު ކުރައްވާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ.
ޑރ ޝަހީމް ވިދާޅުވެފައިވަނީ ރަމަޟާންމަހުގެ 20 ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ދަމުނަމާދު ކުރަން ފަށާނެ ކަމަށާއި މިއަހަރުވެސް ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ މެންދަމު 2 ޖަހާއިރު ކަމަށެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ ފަހުދިހައެއްގައި މާލެ ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް 18 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށާއި 21 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...