އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 35ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ބަހުގެ އެކަޑަމީއިން ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެފަރާތުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިދެމުބާރާތްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށާއި އެއީ ސްކޫލްތަކުގެ ބަޔާއި ކޮލެޖް ޔުނިވަރސިޓީތަކުގެ ބަިއގެ އިތުރުން އަމިއްލަ ފަރުދުންނާއި އޮފީސް، ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ގެންދާ ބައެވެ.
އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތުގައި މަޒުމޫނު ލިޔާނީ އެކެޑަމީން ކަނޑައަޅައިފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކަށް އެ ބައިވެރިއަކު ބޭނުން މައުޟޫޢެއްގެ މައްޗަށް ކަމަށް އެކަޑަމީއިން ބުނެއެވެ. އަދި ވާހަކަ ލިޔާނީ އެ ބައިވެރިއަކު އިޚްތިޔާރުކުރާ ހާދިސާއެއްގެ މައްޗަށް ކަމަށާއި ވާހަކައަށް ނަމެއް ދޭންވާނެ ކަމަށް އެކަޑަމީއިން ބުނެއެވެ.
2017ވަނަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮންޕިއުޓަރުން ލިޔެގެން އެކެޑަމީންއަށް ހުށަހަޅާ ގޮތަށްކަމަށް އެފަރާތުން ބުނެއެވެ. ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...